އެމް7 ޕްރިންޓްސްގެ ފިޔަގަނޑު މާލެއިން އަތޮޅުތަކާ ހަމައަށް

258021_3_3fcd5ac9b556cdeeb0abc33ae7345d79b1f5348f_medium.jpeg

ވެވުނު އެމް7 އާއި ކޮންޓްރޯލް ޕީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތު --ފޮޓޯ :އެމް7

ބ.އަތޮޅަށް ޚިދުމަތް ކުރުމުގައި އުމުރުގެ ބޮޑުބައި ހޭދަކުރެއްވުމަށްފަހު މިހާރު ރިޓަޔަރވެފައިވާ  ބ.ހިތާދޫ އަބްދުއްސައްތާރު އިބްރާހީމްގެ އާއިލީ މަސްލަހަތު އޮންނަ މަޝްހޫރު އެމް.7 ޕްރިންޓްސްގެ ފިޔަގަނޑު މާލެއިން އަތޮޅުތަކާހަމައަށް ދަމާލައި އެ ކުންފުނީގެ ޚިދުމަތް އަތޮޅުތަކުގައި ފުޅާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމް 7އިންވަނީ އައްޑޫސިޓީ ގައި، އެމް7 ގެ ވިޔަފާރި އާއި ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ހިތަދޫ “ކޮންޓްރޯލް ޕީ” ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން މިދިޔަ މަހު ހުވަދު އަތޮޅުގައި އެމް7 ގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ގދ. ތިނަދޫ ޕްރިންޓް ޓެކް ކުންފުންޏާއެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

“ކޮންޓްރޯލް ޕީ” އާއެކު ވެވުނު އެއްބަސްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް7 ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، އަތޮޅުތަކުގެ ވިޔަފާރިވެރިންނާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފެށީ، ކުންފުނީގެ ޚިދުމަތްތައް އަތޮޅުތަކުން ވެސް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ރައްޔިތުންނާއި ވިޔަފާރިވެރިން ވެސް އެދެމުންދާތީވެ، އެކަމަށް އިޖާބު ދިނުމުގެ ގޮތުން ކަމަށެވެ.

“މިއީ ފެށުމެއް. މި މަސައްކަތްތައް އަޅުގަނޑުމެން އެހެން އަތޮޅުތަކާއި ރަށްތަކުގައި ވެސް ކުރިއަށް ގެންދާނަން، އަދި މި މަސައްކަތް ކުރިއަށް ގެންދަނީ ރަށްތަކުގެ ވިޔަފާރިވެރިންނާ ވެސް ގުޅިގެން.”ސައްތާރު ވިދާޅުވި އެވެ.

“އެސް އެމް ސްޓޭޝަނަރީ” ގެ ނަމުގައި ފޮޓޯ ކޮޕީއަށް ހާއްސަކޮށްގެން 1995 ވަނަ އަހަރު ހުޅުވި މި ކުންފުނީގެ 24 އަހަރުގެ ވިޔަފާރީގެ ދުވެއްޔަށް ބަލާއިރު އެމް 7 ވަނީ ކުރިއެރުންތަކެއް ހޯދާފައިކަން ފާހަގަ ކުރެވެއެވެ. އެއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެެއްގައި ޕްރިންޓުގެ ހިދުމަތާއި ސްޓޭޝަނަރީގެ ޚިދުމަތް ދެމުން އަންނަ އެއް ކުންފުންޏެވެ. މި ކުންފުނީގެ ނަން މިހާރު އެމް7 ޕްރިންޓްސް އަށް ބަދަލު ކޮށްފައިވާއިރު އެ ކުންފުނީގެ ކުޑައިގެ ދަށުގައި އެމް7 ޕްރިންޓްގެ އިތުރުން، އެމް ސެވަން ބުކް ސްޓޯރުގެ ތިން ފިހާރަ އާއި ފޮޓޯކޮޕީގެ ޚިދުމަތް ދޭ އަލް ފަލާހް އާއި އެމް7 މީޑިއާ ހިމެނެ އެވެ.

އެމް 7 އިން ވަނީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށް ކޮންމެ އަހަރަކު ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ދެމުން އަންނަ “ގޯލްޑް 100” ގެ ކޯޕަރޭޓް ގަވަނަންސް އެވޯޑްވެސް މި އަހަރު ހޯދާފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top