މުސާރަ ބޮޑުވާކަށް ރައީސް ބޭނުންފުޅެއް ނުވޭ

333641_5b2692c4-0_-2048x1365-1.jpg

ސަރުކާރުގެ ވެރިންގެ މުސާރަ ބޮޑުވާން ބޭނުންފުުޅުވެ ވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސާއި ނައިބު ރައީސާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖީހުން އިއްޔެ ފާސްކުރުމާ ގުޅިގެން ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ވެރިންގެ މުސާރަ ބޮޑުކުރަން ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ.

”އަދި [މުސާރަ] ބޮޑުކުރާކަށް ބޭނުމެއް ވެސް ނޫން،” ރައީސް ވިދާޅުވި އެވެ. “އެއްވެސް މަޝްވަރާއެއް ނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑު ނިންމައިފިން.“

ރައީސާއި ނައިބު ރަައީސްގެ މުސާރަ އާއި އިނާޔަތްތަކާ ބެހޭ ގާނޫނު ބުނާގޮތުން މިހާރު ރައީސްގެ މުސާރަ އަކީ މަހަކު 100،000ރ. އެވެ. އަދި ނައިބު ރައީސްގެ މުސާރަ އަކީ މަހަކު 75،000ރ. އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނީ ރައީސްގެ އަސާސީ މުސާރަ 120،000ރ. އަށް ބޮޑު ކުރުމަށާއި، ނާއިބުގެ އަސާސީ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 74،000ރ. އަށް ބޮޑުކުރުމެވެ.

މުސާރަ އާއި އެލަވަންސް ތަކުގެ ގޮތުގައި ވަޒީރުންނަށް މިހާރު މަހަކު ލިބެނީ 66،000ރ. އެވެ.

ސަރުކާރުގެ ވެރިންގެ އިތުރުން މަޖިލިސް މެންބަރުންގެ މުސާރަ އާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަ ވެސް ބޮޑުކުރަން އިއްޔެ ނިންމާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top