ދޮންފަނު ރައްޔިތުންނަށް ރަށުކައުންސިލުން މިނެރަލް ވޯޓަރ ބަހަންފަށައިފި

ބ. ދޮންފަނުގެ ރައްޔިތުންނަށް އެރަށު ކައުންސިލުން މިނެރަލް ވޯޓަރ ބަހަން ފަށައިފިއެވެ.

ކޮންމެ ރައްޔިތަކަށް 5 ލިޓަރު ފެނުގެ މަގުން މިފެން ބަހަންފެށީ މިދިޔަ ބުރާސްފަތިދުވަހު ކަމަށް ދޮންފަނު ކައުންސިލުން ބުނެއެވެ.

 

ކައުންސިލްގެ މެމްބަރ އަބްދުﷲ އަހްސަން އީވީއަށް ވިދާޅުވީ ރައްޔިތުންނަށް މިނެރަލް ވޯޓަރ ބަހަން ނިންމީ އެރަށު ރައްޔިތުންގެ ތާނގީތަކުން ބޯފެން ހުސްވެ ފެނަށްޖެހުމާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތުން 5 ލިޓަރުގެ 100 ފެންކޭސް ބެހުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

”ރަށުގައި މިވަގުތު ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ފަސްލިޓަރު ފެންފުޅިއެއް މިދޫކުރަނީ. އެގޮތުން ރަށުގައި މިވަގުތު ދިރިއުޅޭނެ ގާތްގަނޑަކަށް ހަތަރުސަތޭކައަށްވުރެ ގިނަ މީހުން. ސަތޭކަކޭސް މިބަހަމުންދަނީ. ވަރަށްގިނަ ބަޔަކު ފެން ގެންގޮސްފިވެސްމެ. އަދިވެސް ދޫކުރަމުން މިދަނީ” އަހްސަން ވިދާޅުވިއެވެ.

އަހްސަން ވިދާޅުވީ މިފެނަކީ ކައުންސިލް ބަޖެޓްގެ ތެރެއިން ހަރަދުކޮށްގެން ގަތް ފެންކަމަށެވެ. އޭނާ ވިދާޅުވީ ފެނަށް ޖެހިފައިވާތީ، ސަރުކާރުގައި ދަންނަވައިގެން އިއްޔެ އެރަށަށް 22000ލިޓަރު ޕްލާންޓްފެންވެސް ގެނަސްފައިވާ ކަމަށާ، މިނެރަލް ވޯޓަރއަށްފަހު ޕްލާންޓްފެން ދޫކުރަން ފަށާނެކަމަށެވެ.

ސުނާމީއަށްފަހު ބ. އަތޮޅުގެ ވަރަށްގިނަ ރަށްރަށަށް އިރުވައިމޫސުން ނިމޭހިސާބުގައި ފެނަށްޖެހުމުގެ މައްސަލަ ދިމާވާކަން ފާހަގަކުރެވެއެވެ. އަދި ކޮންމެ އަހަރަކު ސަރުކާރުން މިފަދަ ރަށްރަށަށް ޕްލާންޓްފެން ފޯރުކޮށްދެމުންވެސް ގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top