އޭދަފުށީގެ މަގުހެދުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިއްޖެ

3333.jpg

އޭދަފުށީގެ މަގުތަކުގައި ތާރު އަޅަން ފަށާފައި.

އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި ޕްްރޮޖެކްޓްގެ މަސައްކަތުގެ ތެރެއިން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމައި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 80 އިންސައްތަވެސް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން އޭދަފުށީގައި 22،942 އަކަމީޓަރު ހިމެނޭ ގޮތަށް، 17 މަގެއްގައި ވަނީ ތާރު އަޅާފައެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމަކާއި، ގްރެވިޓީ ޕައިޕް ނެޓްވޯރކް އެޅުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފެން ހިންދުމަށްޓަކައި ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތާއި، މަގުތައް އަލިކުރުމަށް ބައްތި ހަރު ކުރުމުގެ މަސައްކަތް ކަމަށެވެ.

އޭދަފުށީ މަގު ހެދުމުގެ މަޝްރޫއަކީ ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓެކެވެ. ކުރީ ސަރުކާރުން ފެށި މިމަސައްކަތް ނިންމުމަށް މި ސަރުކާރުން އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ 22 އޭޕްރިލް 2019 ގައެވެ.

މިއީ 39.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top