އޭދަފުށީ ކޮވިޑް ސެންޓަރުގައި ބަލި 3 މީހުން !

DSCN9334-1.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

އޭދަފުށީގައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރުގައި ބަލި ތިން މީހަކު އެޑްމިޓް ކޮށްފައިވާ ކަމުގެ މައުލޫމާތު އީވީއަށް ލިބިއްޖެ އެވެ.

މިކަމާ ގުޅިގެން ބ.އަތޮޅު ހޮސްޕިޓަލުން ބުނީ ކޮވިޑް ސެންޓަރުގައި މި ވަގުތު ތިބި ތިން މީހުންނަކީ ރޯޔަލް އައިލެންޑްގައި ތިބި އެއް އާއިލާ އަކަށް ނިސްބަތްވާ ތިން މީހުން ކަމަށެވެ. އަދި އެއީ މަންމައަކާއި ބައްޕައެއްގެ އިތުރުން އެދެމަފިރިންގެ ބޭބީއެއް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

“އެ 3 މީހުން ގެނައީ ރޭ ދަންވަރު. ނޭވާލުމުގެ ނިޒާމަށް މައްސަލައެއް ދިމާވެގެން ޓެސްޓްު ތަކެއް ހެދުމަށް. މަންމަ އަންނަ ކަމަށްވާނަމަ ބޭބީވެސް ގެންނާނެތާ!” މެނޭޖަރު މުހައްމަދު ރަޝީދު މައުލޫމާތު ދެއްވި އެވެ.

ރަޝީދު ވިދާޅުވީ ޓެސްޓް ތައް ނިމިފައިވާ ކަމަށާ ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އެހެންކަމުން އެމީހުން އަނބުރާ ރިސޯޓަށް ގެންދިއުމަށް މިހާރު ރޯޔަލް އައިލެންޑް އިން ލޯންޗެއް އެބަ އަަންނަ ކަމަށް ރަޝީދު ވިދާޅުވިއެވެ.

އޭދަފުށީގައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރުގައި ކުރިންވެސް ވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދީފައެވެ.

މި ސެންޓަރުގައި އެޑްމިޓްކޮށް ފަރުވާދޭން ހަމަޖެހިފައިވަނީ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top