އޭދަފުށިން އިތުރު 4 މީހުން ކޮވިޑަށް ފައްސިވެއްޖެ

DSCN9884.jpg

އޭދަފުށި --އީވީ ފޮޓޯ

މިހާރުވެސް މޮނިޓަރިންގައި އޮތް އޭދަފުށީގެ ކޮވިޑް ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އައިސް އިއްޔެ އަނެއްކާވެސް އިތުރު ހަތަރުމީހަކު ކޮވިޑަށް ފައްސިވެ ރަށުތެރޭގައި ނުތަނަވަސްކަން އިތުރުވެއްޖެއެވެ.

މި ހަތަރު މީހުނނަށްވެސް ކޮވިޑް ޖެހިފައިވަނީ ބަލި ޖެހިފައި ތިބި މީހުންނާ ކޮންޓެކްޓް ވެގެންނެވެ.

ފާއިތުވި ހަފްތާގައި އޭދަފުށިން ކޮވިޑަށް ފައްސިވެފައިވަނީ ދުވާލަކު އެންމެ މީހެއް ނުވަތަ ދެމީހުންނެވެ.

އޭދަފުށީގެ ފުލޫ ކްލިނިކަށް ދެއްކި އަންހެނަކު ކޮވިޑަށް ފައްސިވެގެން ރަށް މޮނިޓަރިންގ އަށް ލާފައިވަނީ ފާއިތުވި އޭޕްރިލްމަހު 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން ރޭގެ ނިޔަލަށް 287 މީހުންނަށް ކޮވިޑް  ޖެހިފައިވާއިރު މި ބަލިން 241 މީހުން ވަނީ ރަނގަޅުވެފައެވެ.

ރޭގެ ނިޔަލަށް އޭދަފުށީގައި ކޮވިޑް ޖެހިފައި ތިބީ 44 މީހުންނަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top