ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް އިތުރު އެއްމަސް

186510280_1960538134100152_5244587081426646455_n.jpg

ފޮޓޯ : ބ.އަތޮޅު ހޮސްޕިޓަލް

ކޮވިޑް އާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއްމަހަށް ދަމަހައްޓައިފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރީ ޖުލައި މަހުގެ ތިން ވަނަ ދުވަހާ ހަމައަށެވެ.

ރާއްޖޭގައި ސިއްހީކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެފަހުން 14 ވަނަ ފަހަރަށް މުއްދަތު އިތުރުކޮށްފައިވާއިރު، މިދިޔަ މޭ މަހު އެކަނިވެސް ރާއްޖެއިން 159 މީހުން ކޮވިޑް-19ގައި ދުނިޔެ ދޫކޮށްފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 65،868 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 41،779 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 23،909 ގައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top