ދިވެހިބަހުގެ ދުވަސް ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ފާހަގަކުރިގޮތް ވަރަށް ދިވެހި

13051699_837014346402549_1730276805009847331_n.jpg

ވަރަށް ދިވެހި ވަންތަކަން ހުރި ދިވެހި ގޮތެއްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން މިއަހަރުގެ ދިވެހިބަހުގެ ދުވަސް މިއަދު ފާހަގަ ކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޓީޗަރުންނާއި ދަރިވަރުން ސްކޫލަށް ހާޒިރުވެފައިވަނީ ދިވެހިވަންތަކަން ދައްކުވައިދޭ ހެދުމެއްގައެވެ.

12472617_837011139736203_7826483436097226846_n

ދިވެހި މުސްކުޅި ހެދުންތައް މިޒަމާނަށް ބަދަލުކޮށްގެން ރަތާއި ކަޅާއި ހުދުން ޑިޒައިންކޮށް ތަފާތު ގޮތްގޮތަށް ފަރުމާކޮށްފައިވާ ހެދުންތަކުން މިއަދު ސްކޫލް ސަރަހައްދަށް ހީވަނީ ރަތާއި ކަޅާއި ހުދުގެ އީދެއް އައިސްގެން އުޅޭހެންނެވެ.

ފޮޓޯ : އަބޫ ޔައުލާ

ފޮޓޯ : އަބޫ ޔައުލާ

ފޮޓޯ : އަބޫ ޔައުލާ

ފޮޓޯ : އަބޫ ޔައުލާ

ފޮޓޯ : އަބޫ ޔައުލާ

ފޮޓޯ : އަބޫ ޔައުލާ

Jpeg

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލްގެ ފަރާތުން ދަރިވަރުންގެ މެދުގައި ރައިވަރާއި ބަންޖާއި ޅެން ކިއުންފަދަ ދިވެހި އަދަބިއްޔާތުގެ ގެއްލެމުންދާ ފަންނުތައް ދިރުވައި އާލާ ކުރުން އޮތެވެ. އަދި ސްކޫލްގައި ސްޓޯލްތަކެއް ހަދައި އެތަންތަނުގައިދިވެހި ކާބަފައިން ކޮށްއުޅުނު މަސައްކަތްތައް ދައްކައި ދީފައިވެއެވެ. ފަންގި ވިނުން ، ރޯނުވެށުން ، ބޯވަޅު އެޅުން ، ކުރާ ތެޅުން ފަދަ މަސައްކަތްތެރިކަން ދައްކާލުމުގެ އިތުރުން ކާބަފައިން ގެންގުޅުން ބައެއް ވައްތަރުގެ ހިފާ ގެންގުޅޭ ކަންވާރުވެސް ދައްކާލުން އޮތެވެ.

ފޮޓޯ : އަބޫ ޔައުލާ

ފޮޓޯ : އަބޫ ޔައުލާ

ފޮޓޯ : އަބޫ ޔައުލާ

ފޮޓޯ : އަބޫ ޔައުލާ

image-d17decb5a14d41248011ba632d78d4734d494d7a7b8841b46ba29df1b4267849-V

ދިވެހި ބަހުގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަސް ނިސްބަތް ވަނީ ދިވެހި އަދަބީ ދުނިޔޭގެ “ފަތިހުގެ ތަރި”  އަދި ރާއްޖެ އުފެއްދި އެންމެ ކުޅަދާނަ، އެންމެ އުފެއްދުންތެރި އަދީބު އަދި ދިވެހި އަދީބުންގެ އަދީބު އަލްއުސްތާޒު ހުސައިން ޞަލާހުއްދީނަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top