ސޮބާއަށް މިފަހަރު ސުވާސާ މެޑެލްއެއް

l_146078763644nhjy.jpg

ފުޑް އޭޝިއާ 2016-އެފްއެޗްއޭ ކަލިނަރީ ޗެލެންޖްގައި ރާއްޖެއިން ބިވެރިވި ޓީމް- ފޮޓޯ : ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

ސިންގަޕޫރުގައި އޮތް ފުޑް އޭޝިޔާ 2016 – އެފްއެޗްއޭ ކަލިނަރީ ޗެލެންޖް”ގައި ރާއްޖޭގެ ފަރާތުން ބައިވެރިވި  ޓީމްގައި ހިމެނުނު އޭދަފުށީ ބިންހިމަގޭ އަބްދުﷲސޮބާހު އަށް ސުވާސާ މެޑެލް ލިބިއްޖެއެވެ.

ސޮނޭވާ ފުށީގެ ސޫ ޝެފްގެ މަގާމުގައިހުރި ސޮބާއަށް މި މެޑެލް ލިބުނީ “ހޮޓް ކުކިންގ-ލައިވް ” ކެޓަގަރީގައި ވާދަކޮށްގެންނެވެ. ސޮބާއާއެކު އެކު މިޓީމްގައި ހިމެނުނު އަބްދުއްރަޝީދުއަށް ވެސް ވަނީ “ޑްރެސް ދަ ކޭކް ” ކެޓަގަރީން ރިހި މެޑެލް ލިބިފައެވެ.

ސޮބާ އަށް މީގެ ކުރިންވެސް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވީ ކަލިނަރީ ޗެލެންޖްތަކުގައި ފާހަގަ ކުރެވޭ ކާމިޔާބު ތަކާއެކު  ގިނަ މެޑެލް ތަކެއްވެސް ލިބިފައެވެ.

“ފުޑް އޭޝިއާ 2016 – އެފްއެޗްއޭ ކަލިނަރީ ޗެލެންޖު”ގައި، ރާއްޖޭގެ ފަރާތުން ބައިވެރިވި ޓީމުގައި ހިމެނެނީ ޖުމްލަ ހަތަރު ޝެފުންނެވެ. މި ޓީމު  ރާއްޖެއައުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.

ސޮބާގެ ކާމިޔާބަށް އޭދަފުށި ވޮއިސް ގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top