ބްލެކް ބިއުޓީގެ ނަމުން މަޝްހޫރު ވެފައިވާ ބޮލީވުޑްގެ ބަތަލާ ބިޕާޝާބާސޫ އާއި ކަރަން ސިންގްގްރޯވަރގެ ކައިވެނީގެ ރަސްމިއްޔާތު މިމަހުގެ 30ގައި ބާއްވާ ގޮތަށް ނިންމާފައިވާއިރު މިހާރުވަނީ ކައިވެނީގެ ދައުވަތުކާޑުވެސް ދެމީހުންގެ ގާތް ރައްޓެހިންނާއި ފެމިލީ މެންބަރުންގެ އިތުރުން ބޮލީވުޑްގެ ބައެއް ތަރިންނަށް ފޮނުވާފައެވެ. ފާހަގަކޮށްލެވުނު ކަމަކީ މިކައިވެނީގެ ދައުވަތު ބިޕާޝާ ކުރިން ރައްޓެހިވި އެއްވެސް އެކްސް އަކަށް ފޮނުވާފައި ނުވާ ކަމެވެ.
ނިއުސް ރިޕޯޓްތައް ބުނާގޮތުގައި ބިޕާޝާއާއި ކަރަން ނިންމާފައިވަނީ އެދެމީހުން ކުރިން ރައްޓެހި ވެފައިވާ އެކަކަށްވެސް މި ކައިވެނީގައި ބައިވެރިވުމަށް ދައުވަތު ނުދިނުމަށެވެ.
ޖޯން އަބްރަހަމް ފިޔަވައި ބިޕާޝާ ގެ ކުރީގެއެކްސް އިންނާ މިހާރުވެސް ގާތް ގުޅުމެއް އޮވެއެވެ. ހަގީގަތުގައި އޭނާގެ މި ހަފްލާގައި ޖޯން ބައިވެރިކުރުވާކަށް ބޭނުމެއްވެސް ނުވެއެވެ. އޭނާއާ މިހާރުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޑިނޯ މޯރިޔާ އާއި މިލަންދް އަކީ އެންމެ ގާތް މީހުންގެ ގޮތުގައި ބަލާ މީހުންނެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމާއި ބެހޭ ގޮތުންވެސް މިމީހުންގެ ޚިޔާލު ހޯދާކަމަށް ވެއެވެ. އަދި ކައިވެންޏާ ބެހޭ ގޮތުން ވެސް މިމީހުންގެ މަޝްވަރާ ހޯދާފައިވާކަމަސް ރިޕޯޓްތައް ބުނެއެވެ. ޚާއްސަކޮށް ޑިނޯ އަކީ އޭނާގެ އެންމެ ގާތް ރަހްްމަތްތެރިޔާގެ ގޮތުގައި ސިފަކޮށްފައިވާ އެކްސް ކަމަށް ވެފައި މި ހަފްލާ އަށް އޭނާ އަށް ދައުވަތު ނުދިން ކަމުގައި ވިޔަސް ހެޔޮ އެދުންތައް ފާޅުކުރުމުގެ ގޮތުން ހަފްލާއަށް ދާނެކަމަށް ބެލެވެއެވެ. އެއަށްވުރެ ދެމީހުންގެ ގާތް ކަން ބޮޑުވީމާ އެހެން ވެދާނެ ދޯއެވެ.