ވޯޓުލާން ދާއިރު އަމިއްލަ ގަލަން ގެންދިއުމަށް އެދެފި

D2Vlf-rVAAA6d46-800x533-800x533.jpg

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާން ދާއިރު އަމިއްލަ ގަލަމެއް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.

މިއީ ކޮވިޑް19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ބުނެފައިވާ ގޮތެވެ.

އީސީން ބުނީ އުސޫލުގައި ބުނެފައިވާ ގޮތަށް، ވޯޓުލާން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ ގަލަމަކުން ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް އެ ކޮމިޝަނުން ބާރުއަޅާ ކަމަށެވެ.

ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ އެޕްރީލް 10 ވަނަ ދުވަހެވެ. އިންތިޚާބުގައި ވޯޓުލާން 272،480 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top