އޭދަފުށީގެ އަގުހުރި ޚިދުމަތްތެރިއަކު ދެމިއޮތުމުގެއާލަމަށް ދަތުރުކުރައްވައިފި

އޭދަފުއްޓަށާއި ސަރުކާރަށް ވަރަށް ގިނަދުވަހު ޚިދުމަތްކޮށްފައިވާ ތަނޑިރަތްމާގޭ އަލީމުހައްމަދު މިއަދު މެންދުރާ ކައިރިވެފައިވަނިކޮށް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފިއެވެ.

އަލީ މުހައްމަދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ އުމުރުން 87 އަހަރުގައި މުސްކުޅިބަލީގައި ގިނަދުވަސްތަކަކު އުޅުއްވުމަށް ފަހުގައެވެ.

މަރްހޫމް އަލީމުހައްމަދު ވަނީ ގިނަދުވަސްތަކެއްވަންދެން ސަރުކާރުގެ ޚިދުމަތުގައި ބ.އަތޮޅު އޮފީހާއި އޭދަފުށީއޮފީސް އަދި ބ. އަތޮޅު ކޯޓުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އެއަށްވުރެވެސް ބޮޑަށް އޭނާ ފާހަގަކުރެވިފައިވަނީ އަގުހުރި ދަރިން ތަކެއް އުފެއްދެވި ބައްޕައެއްގެ ގޮތުގައެވެ.

އޭނާއަށް ލިބިލައްވާފައިވާ 10 ކުދިންގެ ތެރޭގައި ހިމެނޭ ފަސް ފިރިހެން ކުދިންގެ ތެރެއިން ހަތަރު ކުދިންނަކީ ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި މިއަދުވެސް މަސައްކަތުގައި ދެމިތިބި ކުދިންނެވެ.

ދޮށީ ފިރިހެން ދަރިފުޅު އަހްމަދު ޚަލީލުއަކީ އޭދަފުށީ ރައްޔިތުންނަށް ސިއްހީ ގޮތުން ހޭލުން ތެރި ކުރެއްވުމުގެ އިތުރުން ހެލްތް ދާއިރާގައި ދައުލަތުގެ އިސް މަގާމްތަކެއް ދާދި އިހަށްދުވަހާހަމައަށް މަގާމުން އަމިއްލައަށް ރިޓަޔަރ ވަންދެން އަދާކުރެއްވި ބޭފުޅެކެވެ. ބ. އަތޮޅު ރައްޔިތުންގެ މަޖްލިސްގެ ގޮނޑި 10 އަހަރުވަންދެން ފުރުއްވާފައިވަނީ އަމިއްލަ ޖީބުން އެންމެ ލާރިއެއްވެސް ހޭދަނުކުރައްވައި ރައްޔިތުންންގެ ލޯތްބާއި އިހްތިރާމާއެކުގައެވެ.

އަލީމުހައްމަދުގެ، މުހައްމަދު ވަހީދު (ވަހީދު ޓީ ) އަކީ މަޝްހޫރު ސޯސަން ފިހާރައާ ސޯސަން ޕްލާޒާ އަދި ސޯސަން މާޓް ހިންގާ އެކްސްޕޯ އިންވެސްޓްމަންޓް ކުންފުނީގެ މެނޭޖިންޑިރެކްޓަރެވެ.

އަލީ މުހައްމަދުގެ އަބްދުﷲ ވަހީދުއަކީ މިއަދުވެސް ރައީސުލްޖުމްހޫރިއްޔާއޮފީހުގެ މަސްއޫލު މަގާމެއްގައި ހުންނެވުމުގެ އިތުރުން ދިވެހި ބޮޑު އަކުރު ކޮމްޕިއުޓަރުން ލިއުމުގައި ބޭނުންކުރާ އެންމެ ރީތި ފޮންޓްކަމުގައިވާ “އޭ ވަހީދު” ނިސްބަތްވާ ފަރާތެވެ.

އަލީމުހައްމަދުގެ ފަތުހުﷲ ވަހީދުވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ޒިންމާދާރު މަގާމެއްގައެވެ.

މީގެ އިތުރުން އޭނާގެ ދަބިދަރިންނާއި ކާފަދަރިންނަކީވެސް ގައުމާ ރައްޔިތުންނާއި އޭދަފުއްޓަށް ނުހަނު އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރައްވަމުންގެންދަވާ ދަރިންކަން ފާހަގަ ކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top