އޭދަފުށީގައި ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒް ދޭން ފަށަނީ

242315281_2046690205484944_5849699720190717619_n.jpg

ފޮޓޯ : ބ.އަތޮޅު ހޮސްޕިޓަލް، އެފްބީ

އޭދަފުށީގައި މާދަމާ ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒް ނުވަތަ ޑަބަލް ބޫސްޓަރު ދޭން ފަށާނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

އޭދަފުށީގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލުން ބުނީ ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒް ދޭން ނިންމާފައި ވަނީ ކޮވިޑް-19 ވެކްސިންގެ ތިން ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނަށް އެކަނި ކަމަށެވެ.

އަތޮޅު ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ކޮވިޑް ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށް ހަމަސް ދުވަސް ފުރިހަމަ ކޮށްފައިވާ ކުދިންނަށް 3ވަނަ ޑޯޒް ނުވަތަ ބޫސްޓަރު ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ކޮވިޑް ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00ން ފެށިގެން 12:30 އާއި ދެމެދު ބ.އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top