ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް ގެންގޮސްފި

capture-75.jpg

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.

ތިންވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާއިރު އެމަސައްކަތް ކުރަމުން ގެންދާ އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދަނީ ގޮނޑުދޮށުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެރަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ޖުމްލަ 803 މީޓަރުގެ 17 ބްރޭކްވޯޓާ ގާއިމު ކުރުމާއި ޖުމްލަ 90 މީޓަރުގެ ދެ ގްރޮއިން ގާއިމުކުރާނެ ކަމަށާއި 80 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ޖަެހުމުގެ އިތުރުން 40 މީޓަރު 20 މީޓަރު ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެފައި ވެއެވެ.

ކެންދޫ ކައުންސިންލުން ބުނީ އެރަށަކީ ވަށައިގެން ގިރަމުން އަންނަ ރަށެއް ކަމަށާއި، ހުޅަނގު މޫސުމުގައި ރަށުގެ އުތުރު ފަރާތުގައި ހުންނަ ގެތަކަށް ލޮނުގެ އަސަރުކޮށް އުދަ އަރާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ އަގަކީ 39.99 މިލިއަން ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top