މާރެސް ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގޮއިދޫ އަށް

goidhoo-volley-team.jpg

ތައްޓާއެކު ގޮއިދޫ ދެ ޓީމުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން- ފޮޓޯ/ކިތުނާ

މާރެސް ވޮލީ މުބާރާތުގެ އަންހެން ބައިގެ ތަށި މިއަހަރުވެސް ގޮއިދޫ ކާމިޔާބުކޮށްފިއެވެ.

ފައިނަލްގައި މާޅޮސް ޓީމާ ވާދަކޮށްގެން މިއަދި ގޮއިދޫ މޮޅުވެފައިވަނީސީދާ ތިން ސެޓުންނެވެ.

މިދިޔަ އަހަރުގެ މި މުބާރާތުގައި ވެސް ފައިނަލުގައި މި ދެޓީމް ބައްދަލުކޮށް ގޮއިދޫ މޮޅުވެފައިވަނީ 3-1 ސެޓުންނެވެ.

ފައިނަލް މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގޮއިދޫގެ އައިމިނަތު ސަޒްނާ އެވެ.

މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިނެނަށް ޖަޖުން ހޮވާފައިވަނީ ސަޒްނާގެ އިތުރުން އެ ޓީމުގެ ރިޒްވާނާ އަބޫބަކުރު އާއި މާޒާ ވަޖީހު އާއި ޒަހާ ނިޔާޒު އާއި މާޅޮހުގެ ހައްވާ ޝިފާނާޒު އަދި ދަރަވަންދޫގެ އައިމިނަތު މައުރޫޝާ އެވެ.

މާރެސް ވޮލީ މުބާރާތުގެ އަންހެން ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިން—ފޮޓޯ/ކިތުނާ

 

 

މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން އަކީވެސް ގޮއިދޫ އެވެ. ފައިނަލުގައި މާޅޮހާއި ވާދަކޮށްގެން ގޮއިދޫ މޮޅުވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

ފައިނަލް މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގޮއިދޫގެ އިބްރާހީމް ފަޒީލް އެވެ

މުބާރާތުގެ ފިރިހެން ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ގޮއިދޫގެ އަލީ ޝިމާލު އާއި އިބްރާހީމް ފަޒީލް އާއި ސައްދާދު ޒަކީގެ އާއި އަކްރަމް އަބްދުﷲ އާއި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާޅޮހުގެ އަލީ ވިޝާމް އާއި ކުޑަރިކިލުގެ ތޯހިރު ނަސީރު އެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ކޯޗު މުހައްމަދު ނިޒާމު އެވެ.

ވޮލީ އަށް މޮޅު ކުޅުންތެރިންތަކެއް އުފެއްދުމާއި މުބާރާތްތަކުގައި ވާދަނުކުރެވޭ މީހުންނަށވެސް އެފުރުސަތު ހޯދައި ދިނުމުގެ ގޮތުން ތައާރަފް ކުރި މި މުބާރާތް ކުރިއަށް ގެންދާ މިއީ ތިންވަން އަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top