އެސްޓީއޯ، އޭދަފުށި ފިހާރައިންވެސް ފިޔާ އަލުވި ބިސް ވިއްކަން ފަށައިފި

sto-800x478-800x478.jpg

އެސްޓީއޯ އޭދަފުށި ފިހާރަ

މާލެއެކޭ އެއްގޮތަށް އޭދަފުށީގައި ހުންނަ އެސްޓީއޯ ފިހާރައިންވެސް ފިޔާ އަލުވި ބިސް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އޭދަފުށީ ފިހާރައިގެ މެނޭޖަރ އަހްމަދު ޒަމީލު ވިދާޅުވީ މާލެއެކޭ އެއްގޮތަށް އެއްގޮތަށް މިއަދުން ފެށިގެން އޭދަފުށިން ވެސް ފިޔާ އަލުވި ބިސް ހޯލްސޭލް ކޮށް އަދި ރިޓޭލް ކޮށް ގަންނަން މިހާރު ލިބޭނެ ކަމަށެވެ.

” ބޯޓު މިހާރު އެވަންނަނީ. އެހެންވީމާ މިއަދުން ފެށިގެން އެއްވެސް ތަަފާތެއް ނެތި މާލެއެކޭ އެއްއަގެއްގައި ފިޔާ އަލުވި ބިސް ވިއްކަމުން ގެންްދާނެ ” ޒަމީލް ވިދާޅު ވިއެވެ.

ޒަމީލް އިތުރަށް ވިދާޅުވީ މި ތިން ބާވަތުގެ އިތުރުން ރޯދަ މަހަށް ޚާއްސަ ކޮށްގެން ގެނައި އެހެން ބާވަތްތަކުންވެސް ޑިސްކައުންޓް ލިބޭނެ ކަމުގައެވެ.

އެސްޓީއޯ ފިހާރައިން ރީޓެއިލްކޮށް ފިޔާ ކިލޯއެއް ވިއްކަނީ އަށް ރުފިޔާއަށެވެ. އަލުވި ކިލޯއެއް ނުވަ ރުފިޔާއަށެވެ. ބިހެއް 1/50ރ. އަށެވެ. ހޯލްސޭލް ކޮށް ފިޔާ ބަސްތާއެއް 170 ރުފިޔާއަށް، އަލުވި ބަސްތާއެއް 200 ރުފިޔާއަށް، ބިސް ކޭހެއް 270 ރުފިޔާ އަށް ލިބެ އެވެ.

ރަމަޟާން މަހު ބާޒާރުގައި ފިޔާ، އަލުވި އަދި ކުކުޅު ބިހުގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް މި ތިންބާވަތުގެ ބޮޑު ސްޓޮކެއް އެތެރެ ކޮށް ވިއްކައެވެ.

ފިޔާ، ބިސް، އަލުވީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ސާމާނާއި ތެލާއި، ގެރިކިރާއި ބާސްމަތީ ހަނޑޫވެސް ހެޔޮ އަގުގައި ވިއްކުމަށް އެސްޓީއޯ އިން ރޯދަ މަހަށް ޚާއްސަ ކޮށްގެން ވަނީ ގެނެސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top