ޓޮޕް 10 ޖަލްސާ އަންނަ އާދީއްތަ ދުވަހުގެރޭ

66323325_3044258202267376_1989656428939313152_n-800x533-800x533-1.jpg

ދެހާސް ނަވާރަވަނަ އަހަރުގެ “ޓޮޕް އެޗީވާސް” އެވޯޑް ދިނުމުގެ ރަސްމިއްޔާތު އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއްވެސް ޓޮޕް10 ގައި ހިމެނިފައިވާތީ އެދަރިވަރުންވެސް މި ޖަލްސާގައި ބައިވެރިވާނެ ކަމަށް ސްކޫލުން މައުލޫމާތު ދެއްވަ އެވެ.

ކޮންމެ އަހަރަކުވެސް އޭލެވެލްގެ ގަދަ 10 ގައި ހިމެނޭ ދަރިވަރުންނަށް އެވޯޑް ދިނުމަށް ޚާއްސަ ޖަލްސާ އެއް ބާއްވައެވެ. ނަމަވެސް ވޭތުވެދިޔަ އަހަރު ކޯވިޑް އާ ގުޅިގެން މި ޖަލްސާ ނުބާއްވަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މި ޖަލްސާ ޝަރަފްވެރިކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލުގައި އާދީއްތަ ދުވަހުގެ ރޭ 8:00ގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނިންމާފައިވަނީ އޯލެވެލް އާއި އޭ ލެވެލް އިން ހަމައެކަނި އެއްވަނަ ހޯދި ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ރާއްޖެ އާއި ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ހަފްލާއެއް ބޭއްވުމަށެވެ.

ދެވަނައިން ފެށިގެން ދިހަވަނައިގައި ހިމެނުނު ދަރިވަރުންނާއި އެހެން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދޭން ފުރަތަމަ ހަމަޖެއްސީ މިއަހަރުގެ މާރޗްމަހުގެ ތެރޭގައެވެ.

އެހެންނަމަވެސް ހަމައެކަނި އެއްވަނައިގައި ހިމެނޭ ދަރިވަރުންނަށް އެވޯޑު ދޭން ނިންމި ނިންމުމާ ދެކޮޅަށް ދަރިވަރުން ޕެޓިޝަނެއް ތައްޔާރުކުރި ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިފަހަރުވެސް ޓޮޕް 10 ގައި ހިމެނޭ ހުރިހާ ދަރިވަރުންނަށް ސްޓޭޖް މަތިން އެވޯޑް ހަވާލުކުރާނެކަމަށެވެ.

2019 ވަނަ އަހަރު އޭލެވެލް އިމްތިހާންގައި 48 ސެންޓަރަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top