ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

ހހހހ.jpg

އޭދަފުށީގެ ޕެޓްރޯލް ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅަނީ

އެސްޓީއޯއިން ވިއްކަމުންގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކަމަށެވެ.

މިއަދުން ފެށިގެން ތެލުގެ އަގު ބޮޑުވުމާއެކު އެސްޓީއޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑުތަކުން ދެން ޕެޓުރޯލު ލީޓަރެއް ވިއްކާނެ އަގަކީ 11.16 ރުފިޔާ ކަމަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 11.84 ރުފިޔާ ކަމަށެވެ. މީގެ ކުރިން ޕެޓުރޯލު ލީޓަރެއް ވިއްކާފައިވަނީ 10.75 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދިޔައީ 10.95 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށާ ދުނިިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި ހަތް އަހަރު ނުއުފުލޭ މިންވަރަށް އުފުލިފައިވާ ކަމަށެވެ.

އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފައިވާއިރު މިއީ މިއަހަރުގެ ތެރޭގައި އެކުންފުނިން ތެލުގެ އަގު ބޮޑުކުރި ހަތަރު ވަނަ ފަހަރެވެ. އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ކުރިން ޖޫން މަހާއި ފެބްރުއަރީ މަހުގައިވެސް އެކުންފުނިން ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top