ބ.އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީއޮފް ފިނޭންސުން މިއަދު އިއުލާނު ކޮށްފިއެވެ. އޭދަފުށްޓާއެކު ދެން މި ޕްރޮޖެކްޓްގައި ހިމެނެނީ ތ. ވިލުފުށްޓެވެ.
މި މަސައްކަތުގެ ތެރޭގައި ހިމެނެނީ ފެނުގެ ވިއުގަ އެޅުމާއި ބޯހޯލްް ހެދުމާއި ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ގާއިމްކުރުމާއި އާރްއޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި އެކު ބިލްޑިންއެއް އެޅުމުގެ މަސައްކަތެވެ.
މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 އެޕްރީލް 5 ވާ އަންގާރަ ދުވަހުގެ 10:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަން ހުޅުވުން އޮންނާނީ 2016 މޭ 9 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.
އޭދަފުށީގައިފެނުގެ ނިޒާމް ގާއިމްކުރާނެ ފަރާތެއް ހޯދަން އިއުލާނު ކުރިއިރު މިހާރުވަނީ މަދު ހެދުމުގެ މަސައްކަރަސް ބޭނުންވާ ބައެއް ސާމާނުވެސް ގެނެސް ފެށުމުގެ މަގުމަތީގައެވެ.