އޭދަފުށީގެ ތިންގެއިން ވަގަށްނެގި ފައިސާއާއި ބައެއްތަކެތި ހޯދައިފި

sds.jpg

ފުލުހުން ހޯދާފައިވާ ތަކެތި . ފޮޓޯ : ޕޮލިސް

މީގެ ތިން ރޭ ކުރިން ބ.އޭދަފުށީގެ ތިން ގެއިން ވައްކަންކުރަނިކޮށް އަތުލައިގަތް 35 އަހަރުގެ މީހާ ހައްޔަރުކޮށް ވަގަށް ނަގާފައިވާ ފައިސާއާއި ބައެއްތަކެތި ހޯދައިފިކަމުގައި ފުލުހުން ބުނެފިއެވެ.

މިތަކެތި ހޯދާފައިވަނީ އެމީހާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި އެގެއިންނެވެ. މި ގޮތުން ހޯދި ތަކެތީގެ ތެރޭގައި ފައިސާތަކަކާއި ރަން ފަށެއްގެ އިތުރުން ވޮލެޓްތަކެއްވެސް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކީ ވައްކަމާއި މަސްތުވާ ތަކެތީގެ ރެކޯޑް އޮތް މީހެއް ކަމަށާއި މިމީހާގެ ބަންދާމެދު ގޮތެއް ނިިންމުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިހާރުވަނީ މިނިސްޓްރީ އޮފް ހޯމްއެފެއަރސްއިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 7 ދުވަހުގެ މުއްދަތު ޖަހާދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top