އޭދަފުށީގެ ޒުވާނުންނަށް ކުޅިވަރު ސާމާނުތަކެއް ހަދިޔާކޮށްފި

IMG-83c34c273d06e0167fb811cf50ccf870-V.jpg

މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް )ގެ މެނޭޖިންގ ޑިރެކްޓަރ ، އޭދަފުއްޓަށް އުފަން އާދިލު މޫސާ އޭދަފުށީގެ ޒުވާނުންނަށް ކުޅިވަރު ކުޅޭ ސާމާނުތަކެއް ހަދިޔާ ކުރައްވައިފިއެވެ.

އޭދަފުށީ ކައުންސިލްގައި ރޭ އޮތް ޚާއްސަ ރަސްމިއްޔާތުގައި މިސާމާނުތަކާ ހަވާލުވެވަޑައިގަތީ އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން އެވެ.

އާދިލު ހަދިޔާ ކުރެއްވި ތަކެތީގެ ތެރޭގައި އޭދަފުށީ ޒުވާނުން އެންމެ ގިނައިން ކުޅޭ ކުޅިވަރު ތަކަށް ބޭނުންވާ ފުޓްބޯޅަ، ބަށި ބޯޅަ އާއި ނެޓް ، ބެޑްމިންޓަން ބޯޅަ، ނެޓްބޯޅަ ފަދަ ތަކެތީގެ އިތުރުން ފުޓްބޯޅަ ދަނޑާއި ވޮލީ ކޯޓުގައި ދިއްލުމަށް ބޭނުން ކުރާ 28 ލެޑްލައިޓް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ރައީސް ތޮލާލު ވަނީ އޭދަފުށީ ޒުވާނުންނަށް ބޭނުންވާ މިފަދަ ސާމާނު ކޮޅެއް ހަދިޔާ ކުރެއްވިކަމަށް ޓަކައި އާދިލް މޫސާއަށް ޝުކުރު އަދާކުރައްވާފައެވެ.

“އާދިލުއަކީ އޭދަފުށީ ކައުންސިލާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް. އޭދަފުށީގެ ކުރިއެރުމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައިވެސް އާދިލުގެ ފަންނީ އެހީތެރިކަމާއި އެހެނިހެން ގޮތްގޮތުން ލިބޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަން. ” ރައީސް ތޮލާލު ވިދާޅުވިއެވެ.

އީވީއާ ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ އޭދަފުއްޓަކީ ޒަމާނުއްސުރެ ކުޅިވަރުގެ ބޮޑު ރަށަކަށް ވުމުގެ އިތުރުން ރަށާ ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ބޮޑު ހިއްސާ އެއް އޮތް ރަށެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ޒުވާނުންގެ ކުރިއެރުމަށާ ރަށުގެ ތަރައްގީއަށް ކުރާ ކޮންމެ ކަމެއްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

އެގޮތުން ނިމި ދިޔަ ސާފް ޗެމްޕިއަންް ކަޕް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމުގައި އޭދަފުށީގެ ދެ ކުޅުންތެރިންގެ ބައިވެރިވުން ބޮޑުކަން ފާހަގަ ކުރައްވައި އެ ދެކުދިންނާ މެދު އޭދަފުށި މިއަދު ފަޚްރުވެރިވާކަމަށް ވިދާޅުވެ އެކުދިންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރެއްވިއެވެ. އަދި އޭދަފުށީގެ ކޮންމެ ކުއްޖަކުވެސް ކުޅިވަރުގެ ރޮގުން އެ ދެކުޅުންތެރިން ނަމޫނާ އަކަށް ބަލައިގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވި އެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top