އޭދަފުށީގައި އަލަށް އިމާރާތް ކުރާ މިސްކިތެއްގެ ބިންގާ އަޅައިފި

މިސްކިތް-2.jpg

އެދަފުށީގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު -ފޮޓޯ /އޭދަފުށީ ކައުންސިލް

އޭދަފުށީގައި އަމިއްލަ ފަރާތަކުން އިމާރާތް ކުރާ މިސްކިތެއްގެ ބިންގާ އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދު މިއަދު ހަވީރު އަޅުއްވައިދެއްވައިފިއެވެ.

އޭދަފުށީގެ ހުޅަނގު ފަރާތު އުރީދޫ އެންޓަނާ ހުންނަ ސަރަހައްދުގައި އިމާރާތް ކުރާ މި މިސްކިތަކީ 11760 އަކަފޫޓުގެ ބިމެއްގައި އިމާރާތް ކުރާ މިސްކިތެއްކަމަށް އޭދަފުށީ ކައުންސިލުން މައުލޫމާތު ދެއްވަ އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސާއި ރަށުގެ ކަމުވޮށިވެގެންވާ ގިނަ ބަޔަކާއި އާއްމުން ބައިވެރިވި މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒިޔާދު ވިދާޅުވީ ޒަމާނީ ފެންވަރަށް މި މިސްކިތް އިމާރާތް ކުރާނީ ރާއްޖޭގެ ގިނަ ރަށްރަށުގައި މިސްކިތްތައް އިމާރާތްކުރަމުން އަންނަ ފަރާތަކުން ކަމާއި މި ސަރަހައްދުގެ ބިން ސާފުކުރުމަށްފަހު، މިސްކިތް އިމާރާތް ކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކުރާނެ ކަމުގައެވެ.

ޒިޔާދު އަތުރަށް ވިދާޅުވީ އޭދަފުށީގެ ވިޔަފާރިވެރިންނާ ގުޅިގެން މި ރަށުގެ މަސްޖިދުލް ޔޫސުފް ވެސް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަޝްވަރާތައް ކުރިއަށް ދާކަމުގައެވެ. މިއަދު ބިންގާ އެޅި މިސްކިތުގެ މަސައްކަތް ނިމުމާއެކު އެ މިސްކިތުގެ މަސައްކަތް ފެށިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުން ދާނީ ރަށު ކައުންސިލާއި ގުޅިގެން ކަމަށާއި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އިމާރާތް ކުރަން ފެށޭވަރަށް އެބިން ސާފުކޮށް ނިމޭނެ ކަމުގައެވެ.

“އުއްމީދު ކުރަނީ އަންނަ ރޯދަމަހާ ހަމައަށް މިސްކިތް މުޅިން ނިންމާލެވޭނެ ކަމަށް. މިމަސައްކަތާ ހަވާލު ވެގެން އުޅޭ ކޮންޓްރެކްޓަރގެ ވާހަކައިން އެބޭފުޅުންގެ އަމާޒުވެސް ހުރީ އެގޮތަށް. ”

ތޮލާލު ވިދާޅުވީ މި މިސްކިތުގެ ސަބަބުން އެހިސާބުގައި ދިރިއުޅޭ އިސް ރަށްވެހިންނަށް ޚާއްސަކޮށް އެލިބުނީ ވަރަށް ބޮޑު ފަސޭހައެއް ކަމަށާ މި ސަރަހައްދުގައި ދިރިއުޅޭ މީހުން މިސްކިތަށް ދާން ޖެހެނީ މިހިސާބާ ފުދޭވަރަކަށް ދުރުގައި ހުރި ބޮޑު މިސްކިތަށް ކަމަށް ވާތީ އެގޮތުން މިއީ ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެ ކަމެއް ކަމުގައެވެ.

މި ސަރަހައްދުގައި މިސްކިތެއް ބިނާކުރުމާ ބެހޭ ގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުވެސް ވާހަކަ ދެކެވުނެވެ. އެކަމަކު އެކަމަށް އަމަލީ ސިފައެއް ނައިސް އަނެއްކާވެސް މިސްކިތުގެ ވާހަކަ ދެކެވެން މިފެށީ ވޯޓުލާން ދެދުވަހަށް ވެފާ އޮއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top