ހެނދުނު 8ޖަހާއިރު ވޯޓްލާން ފަށާނެ

Dh5B6LiU0AoOaj0.jpg

އިލެކްޝަންސް ކޮމިޝަނުން ކުރިން ބޭއްވި ބައްދަލު ވުމެއް

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މާދަމާ ހެނދުނު 8 ޖަހާއިރު ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ވޯޓާ ބެހޭ މައުލޫމާތު ދިނުމަށް ނޫސްވެރިންނަށް ބޭއްވި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހެނދުނު 8 ޖަހާއިރު ފެށިގެން ދާނެކަމަށާ ވޯޓުލުން ބަންދު ކުރަން ނިންމާފައިވާ ރަސްމީ ގަޑިއަކީ މާދަމާ ހަވީރު 4 ޖެހުމުގެ ފަހުން ކަމުގައެވެ. އަދި ކޮންމެ ވޯޓު ފޮއްޓެއްވެސް ގުނަން ފަށާނީ ވޯޓު ފޮށި ބަންދު ކުރާތާ 30 މިނެޓު ފަހުންނެވެ.

ޝަރީފު ވިދާޅުވީ ލަންޑަނު ފިޔަވައި ވޯޓު ފޮށި ބަހައްޓާ ހުރިހާ ތަނެއްގައިވެސް އަދި ރާއްޖެއިން ބޭރު ގައުމު ތަކުގައިވެސް ހެނދުނު 8 ޖަހާއިރު ވޯޓުލާން ނުފެށި ލަސްވާނީ އެންމެ ސަބަބެއް މެދުވެރި ވެގެންނެވެ. އެއީ ވޯޓު ފޮށި ކައިރީ ތިބެންޖެހޭ އިލެކްޝަން ކޮމިޝަނުގެ އޮފިޝަލުން ސީދާ ގަޑިއަށް ވަޑައިނުގެން ލަސްވެއްޖެ ނަމައެވެ.

އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ޙާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެ ލަސްވެގެން ވޯޓު ލުން ފަސްކުރަން ޖެހިއްޖެ ފޮއްޓެއްގެ ވޯޓެއް ނަމަ އެ ފޮއްޓަކަށް ވޯޓު ލައި ނިންމަންޖެހޭ ގަޑިވެސް ފަސްކޮށްދޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެގޮތަށް ވޯޓު ލާން ފެށުން ލަސްވާނީ ހަމައެކަނި އެފޮށްޓެއްގެ އެކަނި ކަމަށާއި އެނޫން ހުރިހާ ފޮއްޓަކަށްވެސް ހެނދުނު 8 ޖަހާއިރު ވޯޓު ލާން ފަށާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top