އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

DSCN9334-1.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

ކޮވިޑްޖެހިގެން އޭދަފުށީގައި ހުންނަ ޒޯން ބީ ރީޖަންގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އަންހެނަކު ރޭ ނިޔާވެއްޖެ އެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މިކަމުގެ މައުލޫމާތު ހާމަ ކުރަމުންވިދާޅުވީ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ އަންހެނަކު މިރޭ 1:05 ނިޔާވެފައިވާ ކަމަށެވެ.

އެއީ ރ. ދުވާފަރުގެ އުމުރުން 91 އަހަރުގެ އަންހެނެކެވެ.

މިއާއެކު އޭދަފުށީ ކޮވިޑް ފެސިޓީގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 4 އަށް އެރީއެވެ. އަދި ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 217 އަށް އެރީ އެެވެ.

މިއީ މި މަހު މިހާތަނަށް ކޮވިޑްގައި ނިޔާވި ހަތް ވަނަ މީހައެވެ. އަދި މި އަހަރު މިހާތަނަށް ކޮވިޑްގައި ނިޔާވި 170 ވަނަ މީހާއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިމަހު މަދުވާން ފެށުމުން ފާއިތުވި ދެމަހަށްވުރެ މިމަހު ނިޔާވި މީހުންގެ މަދުކަން ފާހަގަ ކުރެވެއެވެ. ހަމައެއާއެކު ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top