އޭދަފުށީ ބޮޑު މިސްކިތުގައި ބޮޑު އީދަށް ނެވިލޯން އަޅައި އާކޮށްލައިފި

DSC_5967.jpg

އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމުގެ އެހީތެރިކަމާއެކު ބޮޑު އީދަށް އޭދަފުށީގެ ބޮޑުމިސްކިތުގައި ނެވިލޯން އަޅައި އާކޮށްލައިފިއެވެ.

އޭދަފުށިގެ ބޮޑު މިސްކިތުގައި ކުރިން އަޅާފައި އޮތީ ކާޕެޓެވެ. ވަރަށް އާކޮށް އޮތް އެކާޕެޓްގެ މަތިން އާދައިގެ ތަރަފާލު އަޅަން ޖެހުނީ ކޮރޯނާ އިން ރައްކާތެރިވުމުގެ ގޮތުން މިސްކިތްތަކުގައި އަޅާފައި އޮތް ކާޕެޓް ގެ މަތިން ތަރަފާލު އަޅަން ސަރުކާރުން އެންގެވުމާ ގުޅިގެންނެވެ.

ތަރަފާލު ވަރަށް ބޮޑަށް ހަލާކުވެ މަރާމާތާށް ބޭނުންވެފައި އޮއްވާ ރަށުގެ ބައެއް ރައްޔިތުން އެދުމުގެ މަތިން ސަލީމް ނެވިލޯން ހަދިޔާ ކުރެއްވީއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިސްކިތުގައި ނެވިލޯން އެޅުމުގެ މަސައްކަތުގައި ރައްޔިތުންގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

ސަލީމް ވިދާޅުވީ ކާޕެޓްގެ ބަދަލުގައި ނެވިލޯން ދޭން ނިންމެވީ ކޮވިޑްގެ މި ހާލަތުގައި ސިއްހީ ގޮތުން ބަލާއިރު އެންމެ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތަކަށް އަވަސް އަވަހަށް ބަދަލު ނުކުރެވި ވާން އޮތް ހަމައެކަނި ގޮތްކަމަށް ވާތީ އެވެ.

ސަލީމް ވިދާޅުވީ ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އެހީތެރިވުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

ބޮޑު މިސްކިތް އެއާކޯން ކޮށްދެއްވާފައި ވަނީ ވެސް އެމްޕީސަލީމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top