ތިންވަނަ ޑޯޒަށް ހުޅުވާލެވޭނީ ސިރިންޖް ލިބިގެން: އެޗްޕީއޭ

RMkP7OIg7vE45wpB9mFv.jpg

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ވެކްސިން ލިބުނު ކަމަށް ވިޔަސް އެއާއެކު ލިބެން ޖެހޭ ސިރިންޖް ޝިޕްމަންޓްގައި ލަސްތަކެއް އުޅޭތީވެ، ބޫސްޓާ ޑޯޒް ދޭން ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް އެޗްޕީއޭއިން ހާމަ ކޮށްފިއެވެ.

ރާއްޖެއަށް އިއްޔެވަނީ ޔުނިސެފްގެ ފަރާތުން ފައިޒާ ވެކްސިންގެ 100،620 ޑޯޒް ލިބިފައެވެ.

“ވެކްސިންގެ ޑޯޒްތައް ލިބިފައި ހުރީ. އެހެންނަމަވެސް ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ، ސިރިންޖުގެ ގްލޯބަލް ޝޯޓޭޖެއްގެ ސަބަބުން ވެކްސިނާއި އެކު ލިބެންޖެހޭ ސިރިންޖުތައް ލިބިފައި ނުވޭ. މިކަމުގެ ސަބަބުން އަދި ނޭނގޭ ވެކްސިން ޖަހަން ފެށޭނެ ދުވަހެއް”. އެޗްޕީއޭއިން ބުންޏެވެ.

އެސެންޓަރުން ބުނީ ސިރިންޖް ހޯދުމަށް ދުނިޔޭގައިވެސް މިވަގުތު ދަތި ކަމެއް އެބަހުރި ކަމަށާއި ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުނަށެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 396،358 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 366،165 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. ބޫސްޓާ ޖަހާފައިވަނީ 22،093 މީހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top