ޓޮޕް 10: އޭ ލެވެލްގައި 441، އޯ ލެވަލްގައި 847 ދަރިވަރުން

140755_03253974-4_-2048x1365-1.jpg

މިދިޔަ އަހަރު އޭ ލެވަލް އިމްތިހާންގައި ބައިވެރިވި ކުދިންގެ ތެރެއިން ރާއްޖޭގެ ޓޮޕް 10ގައި 441 ދަރިވަރުން ހިމެނޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ ދަރިވަރުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް އެޑިެުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ރާއްޖޭގައި 2،849 ދަރިވަރުން މިދިޔަ އަހަރުން އޭ ލެވަލް އިމްތިހާން ހަދާފައިވެ އެވެ. ޓޮޕް 10 ގައި ހިމެނޭ 441 ކުދިންގެ ތެރެއިން 266 ކުދިންނަކީ އަންހެން ކުދިންނެެވެ. އަދި 155 ކުދިންނަކީ ފިރިހެން ކުދިންނެވެ.

މިދިޔަ އަހަރުގެ އޯ ލެވެލްގެ ޓޮޕް 10 ގައި 844 ދަރިވަރުން ހިމެނޭ އިރު، އެ ދަރިވަރުންނަށް އެވޯޑް ދޭން ނިންމާފައި ވަނީ މި މަހުގެ 17 އާއި 18 ގަ އެވެ.

ރާއްޖޭގައި މިދިޔަ އަހަރު 5،939 ދަރިވަރުން އޯ ލެވަލް ހަދާފައިވެ އެވެ. މީގެތެރެއިން ޓޮޕް 10ގައި ހިމެނުނު 847 ދަރިވަރުންގެ ތެރެއިން 499 ކުދިންނަކީ އަންހެން ކުދިންނެވެ. އަދި 348 ކުދިންނަކީ ފިރިހެން ކުދިންނެވެ.

އޯ ލެވަލްގެ ކުދިންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 17 އާއި 18 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top