ގޮއިދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝާނިޔާ ހޮވިއްޖެ

sdf.jpg

ގޮއިދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރު ޝާނިޔާއަށް އެސްކޫލް ޕްރިންސިޕަލް ރޭ ޖަލްސާގައި އެވޯޑެއް ހަވާލުކުރަނީ / އީވީ ފޮޓޯ: އަހްމަދު ރިޔާޒު

ބ. ގޮއިދޫން: އަހްމަދު ރިޔާޒު

ބ. ގޮއިދޫ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެސްކޫލްގެ ޝާނިޔާ އަހްމަދު ނިޒާމް ހޮވިއްޖެއެެވެ.

ރޭ އެސްކޫލްގައި އޮތް 2017ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ޝާނިޔާއަށް މޮޅު ދަރިވަރުގެ އިނާމާ ޓްރޮފީ ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން ދަރަވަންދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނާސިހެވެ. ޝާނިޔާ އެއްވަނަ ހޯދިއިރު އޭނާއަކީ އެސްކޫލުން މިދިޔަ އަހަރު ޖީސީއީ އޯލެވެލް ހެދި ކުދިންގެ ތެރެއިންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރެވެ. އޭނާވަނީ އޭސްޓާއަކާއި، 1 އޭ، 4 ބީ އަދި 1 ސީ އާއި 1 ޑީ ޖީސީ އޯލެވެލްގައި ހޯދާފައެވެ.

ރޭގެ ޖަލްސާގައި ގޮއިދޫ ސްކޫލުން 2016 ވަނަ އަހަރު އެކިގޮތްގޮތުން ވަނަވަނައަށް އައި ދަރިވަރުންނަށް ޖުމްލަ 84 އިނާމް ހަވާލުކޮށްފައިވެއެވެ.

އެސްކޫލުން ބުނީ މިދިޔަ އަހަރުގެ ނަތީޖާތަކަށް ބަލާއިރު އެސްކޫލުން ޖީސީއީ އޯލެވެލް ގައި ފާސްވި ނިސްބަތް މަތިވެފައިވާކަމަށާ، އެއީ ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ.

ސަތޭކަ ތިރީހަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންއަންނަ ބ. ގޮއިދޫ ސްކޫލަކީ މީގެކުރިން ނެޝަނަލް ޓޮޕް ޓެންއިން ޖާގަހޯދާފައިވާ ސްކޫލެއްވެސް މެއެވެ. އެސްކޫލްއިން މިއަހަރު އިންޓަސްކޫލް ބީޗް ވޮލީ އާއި އިންޓަރ ސްކޫލް ވޮލީ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top