އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް ޑޮކްޓަރުން ހޯދަނީ

DSCN7555.jpg

އަތޮޅުތެރޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުމުގެގޮތުން އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ދިވެހި ސްޕެޝަލިސްޓުންނާއި ޑޮކްޓަރުން ހޯދަން މިއަދު އިއުލާން ކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި، 18 ދާއިރާއަކަށް ބޭނުންވާ 164 ސްޕެޝަލިސްޓުން  ބޭނުންވާކަމަށް ބުނެފައިވެ އެވެ. މިގޮތުން ގައިނަކޮލޮޖިސްޓުންނާއި، ޕީޑިއަޓްރިޝަނުންނާއި، އީއެންޓީ ޑޮކްޓަރުންނާއި، ފިޒީޝިއަނުންގެ އިތުރުން ސާޖަނުން ހޯދަން އިއުލާން ކޮށްފައިވެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެމީހަކު ވަޒީފާ އަދާކުރަން ބޭނުންވާ ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ މަރުކަޒަކަށް ލިޔެކިއުންތައް ހުށަހެޅުމަށް އިއުލާންގައި ވެއެވެ.

މިއިއުލާނުގައި ސްޕެޝަލިސްޓުންގެ މުސާރައެއްގެ ގޮތުގައި 30،990ރ. ކަނޑައަޅާފައިވާއިރު ސާވިސް އެލަވެންސުގެ ގޮތުގައި އިތުރު 10،200 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top