ކިހާދޫ ގައި ޤާރީކޯހެއް ހިންގަން ފަށައިފި

Kihadhoo.jpg

ކިހާދޫ ސްކޫލްގެ އެޑްމިނިސްޓްރޭޓަރ އިބްރާހީމް ނައީމް ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

ބ. ކިހާދޫ ކައުންސިލާއި އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާން އަދި ކިހާދޫ ޖަމިއްޔާ ގުޅިގެން  އެރަށުގައި ޤާރީ ކޯހެއް ފަށައިފިއެވެ.

މި ކޯސް ފައްޓަވައިދެއްވީ ކިހާދޫ ސްކޫލްގެ އެޑްމިނިސްޓްރޭޓަރ އިބްރާހީމް ނައީމުއެވެ.

މި ރަސްމިއްޔާތުގައި އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާންގެ ފަރާތުން ބައިވެރިވެވަޑަައިގެންނެވީ އެ އިންސްޓިޓިއުޓްގެ ހެޑް އޮފް އެކަޑެމިކް އަލްއުސްތާޒު އަލީ ޒިޔާދު އެވެ. .

އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު (އެމްކިޔުއޭ) ގަބޫލުކުރާ ސެޓްފިކެޓް ލެވްލް 1 ލިބިގެންދާނެއެވެ.

މި ކޯހުގައި 55 މީހަކު ބައިވެރިވަފައިވާއިރު ކިޔަވައިދެއްވަނީ ދެކްލާހަކަށް ބަހާލައިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top