އާއިމާރާތުގެ 95 އިންސައްތަ ނިމިއްޖެ – ތައުލީމީ މަރުކަޒު

dfgfdg.jpg

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އާއިމާރާތް. މިތަނުގެ މަސައްކަތުގެ 95 ޕަސެންޓް ވަނީ ނިމިފައި / ފޮޓޯ: އޭދަފުށީ ވޮއިސް

އަލަށް އިމާރާތް ކުރަމުންދާ 12 ކްލާސްރޫމްގެ ހަތަރުބުރީގެ އިމާރާތުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެފިއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އާއިމާރާތުގެ މަސައްކަތް މަޑުޖެހި، ހުއްޓުން އަރުމަށްފަހު މިހާރު މަސައްކަތް ހަލުވިވެފައިވާ ކަމަށާ، ނުނިމިހުރީ އިމާރާތް ޕޮލިސް ކޮށްލުމަށް ކުރަންޖެހޭ މަދުކަމެއްކަމަށެވެ. އެސްކޫލުން ބުނަމުންދަނީ ސްކޫލް ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވެން އަންނަނީ މިއިމާރާތް ނިމިގެންކަމަށާ، ދެދަންފަޅިއަށް ސްކޫލް ހިންގުމަކީ ވަރަށް ދަތިކަމެއްކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް އެޑްމިނިސްޓްރޭޓަރ އަހުމަދު އަލީ (ދޮންބޭބެ) ވިދާޅުވީ އިމާރާތުގެ މަސައްކަތް މިހާރު މިދާގޮތުން މަހެއްހާދުވަސްތެރޭގައިވެސް އިމާރާތަށް ވަދެވޭވަރު ވެދާނެކަމަށާ، އެހާވަރަށް މަސައްކަތް އަވަސް ކޮށްފައިވާ ކަމަށެވެ.

“މިހާރު ދެން ނިމިފަދެއްތޯ އެހުރީ. ދެން އެކުރަނީ އެތަން ޕޮލިސްކޮށްލަންވެފައި ހުރި މަދުކަމެއް. ކަމެއް ދެން ނެތޭ ބުންޏަސް ނުވާނެ ދޮގަކަށް އެހާވަރަށް ނިމިއްޖެ. 95 ޕަސެންޓް ގައިމުވެސް ނިމިފަ އެހުރީ. ދެން ހަމަ ވަންނަންވީ” އަހްމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާއިމާރާތް މިއަހަރުގެ ތެރޭގައި ނިމުނު ނަމަވެސް އެއްދަންފަޅިއަށް ކިޔަވައިދޭން ދެން ފެށޭނީ ދިރާސީ އާއަހަރާއެކު ކަމަށެވެ.

1978 ވަނައަހަރުން ފެށިގެން ތައުލީމް ދެމުންއަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރު 800 އަށްވުރެ ގިނަކުދިން ތައުލީމް ހާސިލް ހާސިލްކުރަމުންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top