ހޯމްމިނިސްޓްރީގެ ފަރާތުން އޭދަފުށީގައި ވޯކްޝޮޕެއް ފަށައިފި

workshop-02.jpg

?

“ޒިންމާދާރު ރައްޔިތެއް ބިނާކުރުން” ނަމުގައި މިނިސްޓްރީ އޮފް ހޯމްއެފެއަރސްއާއި ބ.އަތޮޅު ކައުންސިލް ގުޅިގެން އޭދަފުށީގައި ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ.

އޭދަފުށީގެ މަލްޓި ޕާޕަސް ބިލްޑިންގގެ ޖަލްސާ ކުރާ މާލަމުގައި ފެށި މިވޯކްޝޮޕްގައި ބ.އަތޮޅުގެ ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ޒިންމާދާރުވެރިންގެ އިތުރުން  އޭދަފުށީގައިހުރި ސަރުކާރުގެ މުވައްސަސާތަކާއި ބ. އަތޮޅުގައި އުފައްދާފައިވާ ކްލަބް ޖަމިއްޔާތަކުން ބައިވެރިވެއެވެ.

ވޯކްޝޮޕް ބޭއްވުމުގެ ބޭނުމެއްކަމުގައި ހޯމްމިނިސްޓްރީން ވިދާޅުވީ ޒިންމާދާރު ރައްޔިތެއް ބިނާކުުރުމާބެހޭ ގޮތުން މައުލޫމާތު ދިނުމުގެ މަގްސަދުގައި ކުރިއަސް ގެންދާ މި ވޯކްޝޮޕްގެ މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ހަމީދު ވިދާޅުވީ މީގެ ކުރިން ވެސް މިފަދަ ވޯކްޝޮޕްތައް އަތޮޅުތަކުގައި ބާއްވާފައި ވާނޭ ކަމަށާއި މިއީ އެގޮތުން ބޭއްވޭ ހަވަނަ ވޯކްޝޯޕްކަމުގައެވެ. އެހެންނަމަވެސް ކުރިން މި ވޯކްޝޮޕް ބާއްވާފައިވާނީ އަމާން ވެއްޓެއް ގާއިމްކުރުމުގެ ނަމުގައި ކަމަށެވެ. މިފަހަރު އެނަން ރީ ބްރޭންޑް ކޮށް “ޒިންމާ ދާރު ރައްޔިތެއް ބިނާކުރުން ” ގެ ނަމަށް ބަދަލުކުރީ އަމާންވެއްޓެއް ގާއިމްކުރެވޭނީ ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ ފަހުން ކަމުގައި ވާތީއެވެ.

ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް ވިދާޅުވި ގޮތުގައި  ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރެވޭނީ އެ ރައްޔިތުންނަށް ނަމޫނާ ދައްކަވަން ތިއްބެވި އެންމެހާ ފަރާތްތަކުން އެފަރާތްތަކުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށް، އެ ނަމޫނާ ދެއްކިގެންކަމާއި، ދައުލަތުގެ އެންމެ މަތިންފެށިގެން އެ ނަމޫނާ ދައްކައި އެކަން ގަބޫލު ކޮށްގެންކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ވޯކްޝޮޕެއް ބާއްވައިދިނީތީވެ އަތޮޅު ކައުންސިލްގެ ފަރާތުން ހޯމް މިނިސްޓްރީއަށް ޝުކުރު އަދާ ކުރެއްވިއެވެ.

މި ވޯކްޝޮޕްގައި ބ އަތޮޅު ގެ ހުރިހާ ރަށެއްގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، ލޯކަލް ގަވަމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. ވޯކްޝޮޕް ނިމޭނީ މާދަމާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top