ދަރަވަންދޫގައި ފެނުގެ ނިޒާމް ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

1ee96f_32ef2ba34945416c9177b76c48290b5f.jpg

ދަރަވަންދޫގެ މަގެއް

ބ. ދަރަވަންދޫގައި ފެނުގެ ނިޒާމެއް ގާއިމު ކޮށްދޭނެފަރާތެއް ހޯދުމަށް މިނިސްޓްރީއޮފް ފިނޭންސުން އިއުލާނު ކޮށްފިއެވެ.

އިތުރު ތިންރަށާއެކު ދަރަވަންދޫގައި ފެނުގެ ނިޒާމު ގާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިރަށްރަށުގައި ފެނުގެ ނިޒާމެއް ގާއިމު ކުރުމަށް  މިނިސްޓްރީ އޮފް އެންވަޔަރންމަންޓް އެންޑް އެނަރޖީގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއަށް ބޭނުންވާ ފައިސާ ގްރީން ކްލައިމެޓް ފަންޑް ( ޖީސީއެފް )ގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައިވާ ކަމުގައެވެ.

18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ  މިމަސައްކަތުގެ ކޮންސަލްޓަންސީ މަސައްކަތްތަކުގެ ތެރޭގައި ޕްރެލިމިނަރީ ޑިޒައިން ހެދުން، ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުން، އިވެލުއޭޓް ކުރުން، ކޮންޓްރެކްޓް ނެގޯޝިއޭޓް ކުރުން، ކޮންޓްރެކްޓް މެނޭޖްމަންޓާއި، ކޮންޓްރެކްޓް އެގްރީމަންޓް ތައްޔާރުކުރުން އަދި މި ހަތަރު ރަށުގެ ފެނުގެ ނިޒާމު ޑިޒައިންގެ މަސައްކަތް ކުރުމާއެކު އަމަލީ މަސައްކަތް ސްޕަރވައިޒްކުރުން ވެސް ހިމެނޭ ކަމަށް މިނިސްޓްރީގެ އިއުލާންގައި ވިދާޅުވެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top