އަނބިދަރީންނަށް ޚަރަދުނުކޮށް އިހުމާލުވަމުންދާ މީހުން ގިނަ: ޚުތުބާ

DSCN2888.jpg

އޭދަފުށީ މަސްޖިދު މުއީނުއްދީން ---އީވީ ފޮޓޯ

އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެއް ނަމަވެސް މިހާރަކަށް އައިސް ބައެއް ފިރިން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ އަނބިދަރީންނަށް ޚަރަދުކުރުމުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ, އަންހެނުންގެ ތެރޭގައި ހިމެނޭ ޝަރަފުވެރި އެއް ބަޔަކީ އަނބިމީހާކަމަށާއި ޒަވާޖީ ހަޔާތުގެ ބައިވެރިޔަކީ އެއީ ކަމަށެވެ.

މާތްﷲ ވަނީ އޭނާއަށް ނަފަގާތު ދިނުމަށާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ފިރިމީހާގެ މައްޗަށް އަމުރުކުރައްވައިފައެވެ. އަދި ފިރިންނަކީ މާތްﷲ ވަރަށް މަތިވެރި އަމާނާތެއް ހަވާލުކޮށްފައިވާ ބައެއް ކަމަށާއި އޭނާއަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީންނެވެ. އެގޮތުން, އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާއިރު އެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން, ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންނާއި، ކޯޓު މެދުވެރިކޮށް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ވެސް މަދު ނޫންކަން ޚުތުބާގައިވަނީ ފާހަގަކޮށްފައެވެ.

މި ކަންކަމާ ބެހޭ ގޮތުން ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަމަށާއި މިގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެ ކުރީން ތައުބާވެ، މާތްاللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ޚުތުބާގައި ގޮވައިލެއްވި އެވެ.

މީގެ އިތުރުން، ފިރިމީހާ އޭނާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާ ނަމަ އޭނާގެ އިޒުނައާ ނުލައި އަސާސީ ހާޖަތްތައް ފުއްދޭ މިންވަރަށް ފިރިމީހާގެ މުދަލުން ނަގައި ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެ ކަމަށާއި އެއީ ވައްކަމެއް ނޫން ކަމަށްވެސް ޚުތުބާގައި ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top