ލެވިސްޓާ ފުޓްސަލް ކަޕް ،ޝެޑިއުލް އާ އެއްގޮތަށް ކުރިއަށް ދާނެ

viber-image-2019-04-03-21.50.02.jpg

މާލޭގެ މަޝަހޫރު ލޮޓަސް ފިހާރައިން ސްޕޮންސަރ ކޮށްގެން މިމަހު 12،13 ގައި ބާއްވަން ކަނޑައަޅާފައިވާ ލެވިސްޓަރ ކަޕް ފުޓްސަލް މުބާރާތް ޝެޑިއުލްއާ އެއްގޮތަަށް ކުރިއަށް ދާނެ ކަމަށް ލޮޓަސް ފިހާރައިން ބުނެފިއެވެ.

އަގުހުރި އިނާމު ތަކަކާއެކު އޭދަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިފުޓްސަލް ކަޕަކީ އޭދަފުށީގެ ދާއިރާގައި ހިމެނޭ އޭދަފުށި، މާޅޮސް އަދި ހިތާދޫ އަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

އޭދަފުށީގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8 މޮޓޯސައިކަލް ހުށަހަޅާފައިވާއިރު މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ އަދި ފެއާޕްލޭ ކުޅުންތެރިޔާއަށް ހޮންޑާ އާރުއެކްސް މޮޓޯ ސައިކަލެއް ހުށަހަޅާފައިވެއެވެ. ރަނާއަޕް އަދި ތިންވަނަ ޓީމަށް އިނާމުގެ ގޮތުގައި 16 ބައިސްކަލް ލިބޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top