ވައިޓް ބައި އެއިޓް އެސް، އޭދަފުށީގައި މިހާތަނަށްހުޅުވި އެންމެ ސަޅި ރެސްޓޯރެންޓް

DSCN7235.jpg

އޭދަފުށީގައި ހޯލްސޭލް، ރީޓެއިލް ވިޔަފާރި އެންމެ ފުޅާކޮށް ހިންގަމުން އަންނަ ފަސްމުގޫ ގްރޫޕްގެ އާ އުފެއްދުމެކެވެ. އޭދަފުށީގައި މިހާތަނަށްހުޅުވި އެންމެ ސަޅި ރެސްޓޯރެންޓެވެ. ވައިޓް ބައި އެއިޓް އެސް އެވެ. ރީތި އަދި ތަފާތު ނަމެކެވެ. ތަނުގެ ކޮންސެޕްޓާ ޚިދުމަތްތައް އަދި މާބޮޑަށް ތަފާތެވެ. ދެން އޮންނާނީ އަގުތަކެވެ. ފުރިހަމަ، އަދި ޚިދުމަތްތައް ރަނގަޅު ހިތް ފަސޭހަ މާހައުލެއް އޮތުމަކީ އަގުތަކަށް އެކަމުގެ އަސަރު ކުރަން ޖެހޭ ކަމެއް ނޫންކަންވެސް ދައްކައިދީފިއެވެ. އަގުތައް ހުރީ އާދައިގެ ހޮޓަލަކާ އެއްވަރެއްގައެވެ.

“ވައިޓް ބައި އެއިޓް އެސް” ޑިޒައިންކޮށްފައި ވަނީ އެތަނަށް ވަނުމަށް އަޅާ ފުރަތަމަ ފިޔަވަޅާއެކުވެސް ހިތްފަސޭހަކަން އިހުސާސް ކުރެވޭ ގޮތަށެވެ. ފައްވާރާ އަކުން އޮހެމުން އަންނަ ފެންކޯރެއް ސިފަވާގޮތަށް އެ ހިތްގައިމު މިއުޒިކީ އަޑާއެކުގައެވެ. ތިމާވެއްޓާ ރައްޓެހިގޮތަށް ގުދުރަތީ ރުކާއި ގަސް އެތަނުގެ އެތެރޭގައި ހުރުމުގެ ސަބަބުން ކަރަންޓާ ނުލާ މާހައުލުގެ ފިނިކަން ވެސް އިހުސާސްކުރެވޭ ގޮތަށެވެ.

ދެން އޮތީ ކާތަކެތީގެ ވާހަކައެވެ. މިކަންވެސް ތަފާތެވެ.

“އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ސާފުތާހިރުކަމަށް. އަތުން ކުރެވޭ ކޮންމެ ކަމެއްވެސް އެއީ މެޝިނުން ކުރެވޭ ކަމަށްވާނަމަ މި ބަލަނީ މެޝިން ބޭނުން ކޮށްގެން ކުރުމަށް. މިސާލަކަށް ތަށި ދޮވުމާ ހިއްކުން ފަދަ ކަންކަންވެސް ކުރަމުން މި ގެންދަނީ މެޝިނުން.” ވައިޓް ބައި އެއިޓް އެސް ގެފަރާތުން ވާހަކަ ދެއްކެވި ޝަބީން އިބްރާހީމް މައުލޫމާތު ދިނެވެ.

އޭނާ ބުނީ ރެސްޓޯރެންޓުގެ ރަހަތަކާމެދު ސުވާލެއް ނުއުފެދޭނެކަމަށާއި އަގުތައްވެސް ހުންނާނީ މި ރަށުގެ ހޮޓާތަކާ އެއްއަގެއްގައި ނުވަތަ އެއަށްވުރެވެސް ހޮޔޮކޮށް ކަމުގައެވެ.

މި ރެސްޓޯރެންޓުން މި ވަގުތު އަލަށް ތައާރަފްކޮށްފައިވަނީ ބުފޭ ބްރެކްފާސްޓެވެ. ދިވެހި އަދި ބޭރުގެ ރަހަތަކާއެކު ގިނަ ބާވަތްތަކެއް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ބްރެކްފާސްޓްގެ އަގުތައް ހުރީ މުޅި އާއިލާ އާއެކު އައިސް ހެނދުނުގެ ސަޔަށް އިންސާފު ކުރެވޭ ފަދަ ހެޔޮ އަގެއްގައެވެ. މީގެ އިތުރުން ކޮންމެ ވަގުތެއްގައިވެސް ކަސްޓަމަރ އެދޭ ގިނަ ވައްތަރުތަކުގެ ކެއުމާއި ބުއިން ލިބެން ހުރެއެވެ.

ސަބީން ބުނީ އެ ރެސްޓޯރެންޓުން ކުޑަކުދިންގެ ޕާޓީތަކުން ފެށިގެން ވެޑިން އާއި ކޯޕަރޭޓް އިވެންޓްތައް ބާއްވައިދީ ކޭޓަރިންގެ ހިދުމަތްވެސް ދޭނެކަމުގައެވެ.

އެއްފަހަރާ 70 މީހުންނަށް ޚިދުމަތް ދެވޭ މި ރެސްޓޯރެންޓް ހުޅުވާފައި ހުންނާނީ ހެނދުނު 8:30އިން ފެށިގެން ރޭގަނޑު 11ޖެހުމާ ހަމައަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top