ކުނިކޮށީގައި ހުރި ކުނި ރިސައިކަލް ކުރާ މެޝިންތަކުގެ މައި ކޭބަލް ބުރިކޮށްލައިފި

DSCN2199.jpg

އޭދަފުށީ ކުނިކޮށީގައި ހުރި ބިއްލޫރި ފުނޑުކުރާ މެޝިންގެ މައި ކޭބަލް ބުރިކޮށްލާފައި -ފޮޓޯ / އީވީ

އޭދަފުށީ ކުނި ކޮށީގައި ހުރި ބިއްލޫރި ފުނޑުކުރާ މެޝިނާއި ދަޅު ފިއްތާ މެޝިންއާއި ބިއްލޫރި މުގުރާ މެޝިންގެ މައި ކޭބަލް ބުރި ކޮށްލައިފިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

“ބޮޑަށް ލަފާ ކުރެވެނީ މިއީ ބަދަލު ހިފުމެއްގެ އަމަލެއް ކަމަށް. އެހެންނޫންނަމަ މިފަދަ ދަށުދަރަޖައިގެ ފިނޑި އަމަލެއް ނުހިންގާނެ. ” ތޮލާލް ވިދާޅުވިއެވެ

ތޮލާލް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ފަސޭހައަކަށް ކޮށްދެއްވާފައިވާ މި ފަދަ ކަންތައް ހެޔޮ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށާއި މިފަދަ ތާކުންތާކު ނުޖެހޭ ކަންތައްތައް ނުކުރުމަށް އޭނާ ގޮވާލެއްވިއެވެ. އަދި މި އަމަލު ރަށު ކައުންސިލްގެ ފަރާތުން ކުށްވެރި ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ކުނި ރީސައިކްލް ކުރިމަށް ބޭނުންކުރާ މި މެޝިންތައް އިންސްޓޯލް ކޮށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރީ ހާލަތުގައި ހުރި ނަމަވެސް މަދު ދުވަހެއްފިޔަވައި އާއްމު ގޮތެއްގައި ބޭނުމެއް ނުކުރެއެވެ.

މިމައްސަލަ މިހާރު ވަނީ ޕޮލިހަށް ހުށަހަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top