ސަލްމާން ޚާން ޖަލަށް ލައިފި

3732.jpg

ދިވެހިންގެ މެދުގައި ވެސް މަޝްހޫރު ބޮލީވުޑްގެ ސުޕަރސްޓާރ 52، ސަލްމާންޚާން ދެ ފުއްލާއެއް މަރާލި މައްސަލަ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން އިންޑިއާގެ ރާޖަސްތާނުގެ ޖޯދުޕޫރުގެ ކޯޓުން މިއަދު ހުކުމް ކުރުމާއި ގުޅިގެން އޭނާ ޖަލަށް ލައިފިއެވެ.

މި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އޭނާ ލާފައިވަނީ ޖޯދާޕޫރު ސެންޓްރަލް ޖަލަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަލްމާން ޖަލަށް ގެންދިއުމަށް ކުރިން އޭނާގެ މެޑިކަލް ޓެސްޓްތަކެއް ހަދަން ހަމެޖެހުނު ނަމަވެސް ޖަލަށް ގެންގޮސްފައި ވަނީ ޓެސްޓްތައް ނުހަދައެވެ.

ސަލްމާނާއެކު މި މައްސަލާގައި ތުހުމަތުކޮށްފައިވާ މަޝްހޫރު ބޮލީވުޑްގެ ތަރިން ކަމަށްވާ ސައިފް އަލީ ހާން އާއި ނީލަމް، ތާބޫ، ސޮނާލީ ބެންޑްރީ އަދި ދުޝްޔަންތު ސިންހްގެ ކުށެއް ނެތްކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ސަލްމާން 52، ގެ މައްޗަށް ފަސްއަހަރުގެ ޖަލު ހުކުމާއެކު އޭނާއަށްވަނީ ވަނީ ދައުލަތަށް 10،000 އިންޑިއަން ރުޕީސް (154 ޑޮލަރު) ދެއްކުމަށްވެސް އަމުރުކޮށްފަ އެވެ. މި ހުކުމް އޭނާގެ މައްޗަށް އިއްވާފައި ވަނީ އިންޑިއާގެ ޖަނާވާރު ހިމާތްކުރުމުގެ ހާއްސަ ގާނޫނުގެ ދަށުންނެވެ.

ސަލްމާން އާއި މި ތަރިންގެ މައްޗަށް ކުރާ ތުހުމަތަކީ 1998 ވަނަ އަހަރު ސޫރަޖް ބަރްޖަތްޔާގެ ފިލްމު “ހަމް ސާތް ސާތް ހޭ” ގެ ޝޫޓިންއަށް ރާޖަސްތާނުގެ ރަށެއް ކަމަށްވާ ކަންކަނީއަށް ގޮސް އުޅުނުއިރު ޖަނަވާރު ޝިކާރަކުރަން ނިކުމެ ހިމާޔަތް ކޮށްފައިވާ ކަޅު ކުލައިގެ ފުއްލާތަކެއް ގަވާއިދާ ހިލާފަށް މަރާލި ކަމުގެ ތުހުމަތެވެ.

މި ބާވަތު ފުއްލާއަކީ އާންމުގޮތެއްގައި ނުފެންނަ ވައްތަރެއްގެ އެއްޗަކަށް ވާތީ އިންޑިއާގެ ސަރުކާރުން ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. މަދުން ފެންނަ މި ބާވަތު ފުއްލާ މިހާރު އުޅެނީ އިންޑިއާގެ ރާޖަސްތާނުގައި އާއި ނޭޕާލްގެ ވަކި ސަރަހައްދުތަކެއްގަ އެކަންޏެވެ.

އެ ރަށުގެ އާންމުންގެ ގިނަ ބަޔަކު މިކަމާއި ގުޅިގެން މުޒާހަރާ ކުރުމާއި ގުޅިގެން ދައުލަތުން ވަނީ ސަލްމާން އާއި އެހެން ތަރިންގެ މައްޗަށް ދައުވާ އުފުލާފަ އެވެ.

ސަލްމާނުގެ މައްޗަށް ޖޯދުޕޫރުގެ ކޯޓުން އިއްވި މި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޭނާ އަށް އޮންނާނެއެވެ.

މީގެ ކުރިން މި މައްސަލާގައި ސަލްމާންގެ މައްޗަށް އެހެން ދައުވާއެއްވެސް ކޮށްފައިވެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ޖަނަވާރު ޝިކާރައަށް ގޮސް އެ ދެ ކަޅު ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާ އެވެ.

އެ މައްސަލަ ސާބިތުވާވަރަށް ސަލްމާން އާ ދެކޮޅަށް ހެކި ހުށަހެޅާފައިނުވާތީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top