ކުޅުދުއްފުށި މިސްކިތްތައް ސޯލާއަށް ބަދަލުކޮށް ކަރަންޓް ބިލު ސުމަކަށް!

big_zvUfMbIfVzr8YXHVIE03siUTM.jpg

ކުޅުދުއްފުށީ މިސްކިތްތަކުގައި ސޯލާ ޕެނަލު ހަރުކުރުމަށް ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަޝްރޫއު--ފޮޓޯ :ކުޅުދުއްފުށީ ސިޓީ ކައުންސިލް

ހދ. ކުޅުދުއްފުށީ ހަތަރު މިސްކިތެއްގައި ސޯލާ ޕެނަލް ހަރުކުރުމަށް ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ތިން މިސްކިތެއްގެ ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

1.7 މިލިއަން ރުފިޔާއަށް ފެނަކައާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ނެޓް މީޓަރިން އުސޫލުން ސޯލާ ހަރުކުރާނީ، ކުޅުދުއްފުށީގެ ހަތަރު މިސްކިތެއްގައިކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުންޏެވެ.

“މި މަޝްރޫ ދަށުން، މަސްޖިދުލް ހަސަނާތުގައި 25 ކިލޯވޯޓް، މަސްޖިދުލް ޖަމާއަތުގައި 20 ކިލޯވޯޓް އަދި މަސްޖިދުލް ފިރުދައުސްގައި 5 ކިލޯވޯޓްގެ ސޯލާ ހަކަތަ ނިޒާމު ގާއިމުކުރެވި ތިން މިސްކިތުގެ ކަރަންޓު ބިލް ވަނީ ސުމަކަށް ހެދިފައި.“

ކައުްނސިލުން ބުނީ މި އާއެކު ދާއިމީ ކޮށް ދެ މިސްކިތުގައި އެއާކޯން ޖެއްސޭން ކަމުގައެވެ.

މި މަޝްރޫއާ އެކު ކައުންސިލްގެ ބަޖެޓުން ކަރަންޓަށް ކުރާ ހޭދަ ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަން މޭޔަރު މުހައްމަދު އާތިފު ފާހަގަކުރެއްވި އެެވެ.

މިދިޔަ އޭޕްރީލްމަހު އެއާކޯން ހަރުކޮށްފައިހުރި 3 މިސްކިތުގެ ކަރަންޓް ބިލަށް އެކަނިވެސް ޖުމްލަ 101,368.24 ރުފިޔާ ޚަރަދު ވެފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

ސިޓީ ކައުންސިލުން ބުނީ “ފިނިފެހި ސިޓީ” ޕްރޮޖެކްޓްގެ ތެރެއިން ހިންގަމުންދާ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މި މަޝްރޫއާއެކު މުޅިން އަލަށް ތިމާވެއްޓާ ރައްޓެހި ފެހި ހަކަތަ ބޭނުންކުރަން ފެށިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ ސިޓީ ކައުންސިލްގެ ދަށުގައި ހުރި ގިނައިން ހަކަތަ ބޭނުންކުރާ ތަންތަން ކައުންސިލްގެ މިދައުރުގެ ނިމުމުގެ ކުރިން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top