އަޑުފޮށި: އައްޝައިޚް ޢަބްދުލް މަޖީދު، އިމާމުވެ ހުކުރު ނުކުރައްވަނީ ކީއްވެގެންތޯ ؟

DSCN0527-800x600-800x600-1.jpg

ޝައިޚް އަބްދުލް މަޖީދު ، އޭދަފުށީގައި މިދިޔަ ބޮޑުއީދު ނަމާދު ބޮޑު ޖަމާއަތުގައި އިމާމްވެ ކުރައްވަނީ --އީވީ ފައިލް ފޮޓޯ

ނޯޓް :”އަޑުފޮށި މި ސެގްމަންޓަކީ ބ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ނަށް ޖަވާބު ލިބުން ބޭނުންވާ ސުވާލުތަކެއް ހުށަހަޅާލުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސެގްމެންޓެކެވެ. ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރަމުން ގެންދާ މަސައްކަތަކާ ބެހޭ ގޮތުން ކަމަށް ވިޔަސް އެއީ މުޅި ރައްޔިތުންނާ ގުޅުން ހުރި ކަމެއްކަމުގައިވާ ނަމަ އެކަމުގެ މައުލޫމާތު މި ސަފްހާ މެދުވެރިކޮށް ހިއްސާ ކުރާނަމުއެވެ.

މިފަހަރުގެ ސުވާލު އަމާޒުވެފައިވަނީ އޭދަފުށީގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައި ވުމުގެ އިތުރުން އިމާމުން ތަމްރީނު ކުރެއްވުމުގައިވެސް އިސްނަންގަވައި މަސައްކަތް ތަކެއް ކުރައްވާފައިވާ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އިސްލާމް ޓީޗަރެއްގެ މަގާމުގައި ހުންނެވި އޭދަފުށީ ފިނިހިޔާގޭ ޝައިޚް ޢަބްދުލް މަޖީދު މުހައްމަދަށެވެ.

ސުވާލު :އައްޝައިޚް ޢަބްދުލް މަޖީދު މުހައްމަދު، މި ދިޔަ ބޮޑު އީދު ނަމާދު އޭދަފުށީގެ ފުޓުބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި އިމާމްވެ ކުރެއްވިފަހުން އޭދަފުށީގެ ބޮޑު މިސްކިތުގެ މިންބަރުން ފެނިފައެއް ނުވެއެވެ. ބޮޑުމިސްކިތުގައި އިމާމްވެ ހުކުރު ނުކުރައްވާތާ ބޮޑު އީދުގެ ފަހުން ވީދުވަހެއް ވެގެން ހިނގައްޖެއެވެ. ސުވާލަކީ ޝައިޚް އިމާމުވެ ހުކުރު ނަމާދު ނުކުރައްވަނީ ކީއްވެގެންތޯއެވެ.

މިހެން މި ދެންނެވީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ޝައިޚް އަބްދުލް މަޖީދަކީ މިވަގުތު އޭދަފުށީގައި ހުންނެވި އެންމެ ރީތިކޮށް ޤުރުއާން ކިޔަވާ ވިދާޅުވުމާ އެންމެ ރީތިކޮށް ޚުތުބާ ވިދާޅުވާ ޚަތީބެވެ. ޝައިޚުގެ ޚުތުބާ ވިދާޅުވުމާ ޤުރުއާން ކިޔަވާ ވިދާޅުވުމުގައި އެ ހުންނަ ބަލާޣާތްތެރިކަމާ ފަސާހަތްތެރިކަން،  ބަޔާންކުރެވޭ ވަރަށްވުރެ މާ ފުރިހަމައެވެ. ޝައިޚް އިމާމްވެ ހުކުރު ނުކުރައްވާކަމީ އޭދަފުށީގެ ރައްޔިތުން ހިތާމައާއެކު ފާހަގަ ކުރާ ކަމެކެވެ.

ޖަވާބު: (ޖަވާބު ދެއްވީ ޝައިޚް އަބްދުލް މަޖީދު މުހައްމަދު )

އެއް ސަބަބަކީ އެހެން މީހުންނަށް ފުރުސަތު ދިނުން. ޚާއްސަކޮށް ޒުވާން ޚަތީބުންނަށް.  ދެވަނަ ސަބަބަކީ ފާއިތުވި ދެމަހެއްހާ ދުވަހު ވަރަށް ބޮޑަށް ރޯގާ ޖެހުމާއެކު އެކަމަށް އުޒުރު ވެރި ވެވެނީ. އެހެންނަމަވެސް އިމާމުވެ ހުކުރު ނަމާދު ކުރުން ހުއްޓާލީއެއް ނޫން. އެގޮތުން އޭދަފުށީގެ ކުޑަމިސްކިތް މަރާމާތަށް ފަހު މިއަދުގެ ހުކުރު ނަމާދު ކުރުމަށް އަލުން ހުޅުވާލާއިރު އެމިސްކިތުގައި އިމާމްވެ ހުކުރު ނަމާދު ކުރަނީ އަޅުގަނޑު. އެކަމަކު އެއީ އެމިސްކިތުގައި އިމާމުމެވެ ހުކުރު ކުރާނޭ އެހެން އެއްވެސް މީހަކު ނެތިގެން .

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top