ފެހެންދޫ ބަނދަރުގެ އަޕްޑޭޓް ދީފި

viber-image-2021-06-27-09-07-41.jpg

ފެހެންދޫ ބަނދަރު މަޝްރޫއު ކުރިއަށް ދަނީ. --- ފޮޓޯ: އެމްޓީސީސީ

ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހިނގާ ގޮތުގެ އަޕްޑޭޓް މިއަދު ދީފިއެވެ.

އެގޮތުން އެ ބަނދަރު މަސައްކަތުގެ %89 ނިމިފައިވާ ކަމަށް މަޝްރޫއު ހަވާލު ކޮށްފައިވާ އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކަނެކްޓިން ބްރިޖުގައި ސަބް އެޅުމުގެ މަސައްކަތް ވެސް ފެށިގެން ކުރިއަށް ދާ ކަމަށެވެ.

ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 18،500 ކިއުބިކް މީޓަރުގެ އާ ހާބަ ބޭސިން ފުން ކުރުމާއި 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުން ކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ.

މީގެއިތުރުން 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއުގެ އަގަކީ 45.1 މިލިއަން ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top