އެންމެ ފަހުން އޭދަފުށިން ގޯތިދޭން ނިންމައިފި

DSCN3530-800x490-800x490-800x490-800x490-800x490-800x490.jpg

އޭދަފުށި ހިއްކު ބިމުން ބައެއް-- އީވީ ފައިލް ފޮޓޯ

ބަރާބަރު 30 އަހަރު ފަހުން އޭދަފުށިން ގޯތި ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އެކަން ޔަގީން ކޮށްދެއްވަމުން އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހުމާން ވިދާޅުވީ އޭދަފުށީ ކައުންސިލާ ޕްލޭނިންގ މިނިސްޓްރީއާ އެކު ކުރެވުނު މަޝްވަރާގެ މަތީން އޭދަފުށިން 1400 އަކަފުޓުގެ 158 ގޯތި ދިނުމުގެ ހުއްދަ ސަރުކާރުން މިއަދު ދީފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ލަފާ ދެއްވާފައިވާ ގޮތުގެ މަތިން ގޯތި ދޫކުރުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެެހޭ ފަހުގެ މަސައްކަތްތައް މިހާރު ކުރެވެމުން ދާކަމަށް ތޮލާލު ވިދާޅުވި އެވެ.

“ގޯތި ދޫކުރުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން އެކަމަށް ކޮމިޓީއެއް އެކުލަވައިލަން އެބަޖެހޭ. އޭގެ ކުރިން އަތޮޅު ކައުންސިލާ މަޝްވަރާ ކުރަން މާދަމާ ހަމަޖެހިފައި އޮތީ.” ތޮލާލު ވިދާޅުވިއެވެ.

ތޮލާލު ވިދާޅުވީ ގޯތި ދޫކުރުމަށް އިއުލާނު ކުރެވޭވަރު ވާނީ މި މަރުހަލާތައް ނިމުމަށް ފަހުގައި ކަމަށާ އެކަމަށް ކަނޑައެޅިގެން ވަކި ތާރީޚެއް ދަންނަވަން ނޭގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯއްޗެއް ހޯދުމަށް އެދި 2005 ވަނަ އަހަރު އެކަނިވެސް 200 އެއްހާމީހުން އޭދަފުށީ ކައުންސިލަށް ސިޓީލާފައިވެއެވެ. އާންމުން ދިރިއުޅުމަށް އެންމެފަހުން އޭދަފުށިން ގޯތި ދޫކޮށްފައިވަނީ 1989 ވަނައަހަރުއެވެ. އޭދަފުއްޓަކީ ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެކެވެ. ހަަމައެއާއެކު އޭދަފުށީގައި ގޯތި ބޭނުންވެފައިވާ މީހުންގެ ދިގު ކިޔޫއެއްވެސް އެބައޮތެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top