އެއް އާއިލާއެއްގެ ހަކުއްޖަކާ ބެހުނު މީހަކު ހައްޔަރުކޮށްފި

b_QbbhJYMekIOJEKzGIucv1mHpm.jpeg

އިތުބާރުހިފޭ މަގާމެއްގައި ހުރެ އެއް އާއިލާއެއްގެ ހަ ކުޑަކުއްޖަކާ ބެހުނު ފިރިހެނަކު ހައްޔަރުކޮށް އެމައްސަލަ ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލެ ސަރަހައްދުގައެވެ. މި ހާދިސާގައި އެ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވަނީ ، އެކުދިންގެ އާއިލާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 55 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެެވެ. އަދި އެމީހާގެ ބަންދަށް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައަކީ 18 އަހަރުން ދަށުގެ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުން، ކަމުގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top