180 ޕްރިޒަންސް އޮފިސަރުން ހޯދަނީ

278615146_296004066046191_6502572499629655794_n.jpg

ޕްރިޒަންސް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރާނެ 180 އޮފިސަރުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއުލާންކޮށްފި އެވެ.

މި ވަޒީފާގެ އަސާސީ މުސާރައަކީ މަހަކު 6050 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 2500 އަދި ޔުނިފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 45 ޕަސެންޓް ލިބޭނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

އުމުރުން 18-35 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވައިލި މި ފުރުސަތުތަކުގެ މައިގަނޑު ޝަރުތަކީ ސާނަވީ އިމްތިހާނަކުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން “ޑީ” ފާސް ލިބިފައި ވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން ‘ސީ’ ފާސް ލިބިފައިވުން ނުވަތަ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމެވެ.

ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑި އަކީ މި މަހުގެ 26 އެވެ.

މި ވަޒީފާއަށް މީހުން ހޮވުމަށް އިސްކަން ދޭނީ ފިޒިކަލް ފިޓްނެސް ހުރި މިންވަރަށާއި ތައުލީމީ ފެންވަރުގެ އިތުރުން އިންޓަވިއުގެ މާކްސްއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top