ފަނޑިޔާރުން ވަކިކުރުމުގެ ބަދަލުގައި އިސްލާހު ކުރެވޭތޯ ބެލުން މާ މުހިންމު : އެމްޕީ.ސަލީމް

large_156036150919nYS8.jpeg

އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް: ފޮޓޯ :މަޖިލިސް

މިހާރު ތއްބެވި ފަނޑިޔާރުން ވަކި ކުރުމުގެ ބަދަލުގައި އެފަނޑިޔާރުން އިސްލާހު ކުރެވޭތޯ ބެލުން މާ މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވާ ބައެއް ހުކުމްތަކާއި، ނިންމާފައިވާ ނިންމުންތަކާއި ގުޅޭގޮތުން ޖޭއެސްސީން ތައްޔާރުކުރި ރިޕޯޓް ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓަށް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ޖުޑިޝަރީ ކޮމެޓީގެ ރިޕޯޓް ގައި ފާހަގަ ކޮށްފައިވާ ފަދަ ފަނޑިޔާރުން މި ގައުމުން ނުހޯދޭނެ ކަމަށެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ބާރުހުރި ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެބަަޔަކު ބޭނުންވާ މީހުން ފަނޑިޔާރުންނަށް ލާން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

“އަޅުގަނޑު މި ރިޕޯޓް މުޅިން ކިޔާލާ ނިންމާލިއިރުގައި ހަގީގަތުގައި ފަނޑިޔާރަކަށް ޝަރުތުހަމަވާ މީހަކު މި ގައުމުގައި ނެތް. އެއީ ތައައްސުބުން އެއްކިބާވެ އަމިއްލަ އެދުމެއް ނެތް، ވަރަށް އިޚްލާސްތެރި، އެކަހަލަ މީހަކު ހިއެއް ނުވޭ މި ގައުމަކުން މިހާރަކު ހޯދޭން ހުރި ހެނެއް… އަޅުގަނޑުމެން ހިނގާ ބުނަމާ އޭރެއްގަ ބާރު އޮންނަ ފަރާތަކުން ބޭނުންވާ ބަޔަކު ޖުޑިޝަރީއަށް ލާ ގޮތަކަށް ނިންމާ ނިންމުމޭ … މިކަހަލަ ގޮތަކަށް ކިޔަމާ… އޭރުން ރަގަނޅު މީހުން ލިބޭނެ. އަދި އެބަޔަކު ބޭނުންވާ ކަހަލަ މީހުންވެސް ލިބޭނެ.” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ބާރު އޮތުމުން ފަނޑިޔާރުން ބަދަލު ކުރެވިދާނެ ކަމަށާ ނަމަވެސް ލަސްތަކެއް ނުވެ، އެ ފަނޑިޔާރުންނަކީ ކުރިން ތިބި ފަނޑިޔާރުންނަށްވުރެ ގޯސް ބަޔަކަށް ވެސް ވެދާނެ ކަމަށެވެ.

އެހެންކަމުން ފަނޑިޔާރުން ވަކި ކުރުމުގެ ބަދަލުގައި އެ ބޭފުޅުން އިސްލާހު ކުރެވޭތޯ ބެލުން މާ މުހިންމު ކަމަށެވެ.

“މޮޅު ގާޒީން ލާށޭ ކިޔާފައި މޮޅު މީހުން ލާށޭ ކިޔާފައި މިހާރު ތިބި މީހުން ދުއްވާލާފައި ވާނެ އެއްވެސް މޮޅު ގޮތެއް ނޯންނާނެ. އިއްޒަތްތެރި ރައީސް.. ވީހާވެސް ބޮޑަށް ތަމްރީނު ދީގެން ނަމަވެސް އިސްލާހް ކުރެވޭތޯ ބަލަންވީ.”

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top