އެސްޓީއޯގެ ނަމުގައި ފައިސާ ހޯދަން ގުޅާތީ ސަމާލުވާން އެދެފި

medium_55372.jpg

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ :ވީނިއުސް

އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް އާންމުންގެ ފޯނު ނަންބަރުތަކަށް ގުޅަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދެފިއެވެ.

މިއަދު އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ނަމުގައި އާންމުންގެ ފޯނު ނަންބަރުތަކަށް ގުޅައި، އެސްޓީއޯގެ އެނިވާސަރީ ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކި ފޯނު ނަންބަރު ތަކަކަށް ރީލޯޑުކޮށް ފައިސާ ޖަމާކުރުމަށް އެދެމުންދާ ކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބެމުންދާ ކަމަށެވެ.

ނަމަވެސް އެސްޓީއޯ އިން އެއްވެސް އިރެއްގައި ކަސްޓަމަރުން ރީލޯޑުކޮށްގެން އިނާމު ލިބޭފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައި ނުވާނެކަމަށްބަޔާނުގައި ބުނެފައިވެ އެވެ.

“ކަސްޓަމަރުން ރީލޯޑު ކޮށްގެން އިނާމު ލިބޭފަދަ ޕްރޮމޯޝަނެއް އެއްވެސް އިރެއްގައި އެސްޓީއޯއިން ނުހިންގައެވެ. ވީމާ މިފަދަ ކޯލްތަކަށް އާންމުން ސަމާލުވުމަށް މިކުންފުނިން އިލްތިމާސްކުރަމެވެ.” އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

View image on Twitter

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top