ސާނަވީ އިމްތިހާނުން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 9 ދަރިވަރުން ގަދަ 10 އަށް

viber_image_2021-11-19_12-40-53-032.jpg

ގަދަ 10 ގައި ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ސްކޫލުގެ ޕްރިންސިޕަލާއެކު– ފޮޓޯ / ހަރުޝާ

ދެހާސް ނަވާރަވަނަ އަހަރުގެ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 9 ދަރިވަރުން ގަދަ 10ގައި ހިމެނުމުގެ ޝަރަފު ހޯދައިފި އެވެ.

ސާނަވީ ތައުލީމު ހާސިލުކުރި ދަރިވަރުންގެ ތެރެއިން ރަންވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ރޭ އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަައްމަދު ސޯލިހެވެ.

މި ރަސްމިއްޔާތުގައި ސާނަވީ އިމްތިހާނުން ރާއްޖެއިން އެއްވަނަ ހޯދި ދިހަ ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހޯދި ދިވެހި ފަސް ދަރިވަރެއްގެ އަގުވަޒަންކޮށް އެކުދިންނަށް ވަނީ އެވޯޑް ދީފައެވެ.

ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި 400 އަށް ވުރެ ގިނަ ދަރިވަރުން ހިމެނި، ދުނިޔޭގެ އެއްވަނަ ރާއްޖޭގެ ފަސް ދަރިވަރަކު ހޯދި އެވެ.

ވަކިވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުންނަށް، އެޑިއުކޭޝަން މިނިސްޓްރީން ދޭ ހަނދާނީ ލިޔުމާއި އެވޯޑާއި ކެމްބްރިޖް އިންޓަނޭޝަނަލް އެގްޒަމިނޭޝަނުން ދޭ ސެޓްފިކެޓާއި ގަލަން، އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލާއި އިނާމު ލިބިފައިވެއެވެ. ރާއްޖޭގެ އެއްވަނަ ހޯދި ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ ހަނދާނީ ލިޔުމާއި އެވޯޑުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ވަނީ ލިބިފައެވެ.

މި އިމްތިހާނުން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ވަނީ އަށް މާއްދާއިން އޭ ސްޓާ ހޯދައިގެން ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނިފައެވެ.

ސާނަވީ އިމްތިހާނުގައި ގަދަ 10ގައި ހިމެނުނު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 10 ދަރިވަރުން 

މުހައްމަދު ނާހިލް އަހުމަދު، ގަހާ/ އޭދަފުށި- އެއްވަނަ

މުހައްމަދު ނާއިޝް، ދަނބުގެ/ އޭދަފުށި- ތިންވަނަ

ހިދާޔާ އަބްދުލް ހަމީދު، ޖަނަވަރީގެ/ ހިތާދޫ- ފަސްވަނަ

އަހުމަދު ޝަމްވީލް، ހިޔާ/ ހިތާދޫ- ހަތްވަނަ

ހުސެން އައްޒާމް، އައްސޭރި/ ގޮއިދޫ- އަށްވަނަ

މަރްޔަމް ނައުޝީން ޝަމީމް، އިރުދޭމާގެ/ އޭދަފުށި- ދިހަވަނަ

މަރްޔަމް އުލާ ޝާކިރު، ޑިލައިޓް/ އޭދަފުށި- ދިހަވަނަ

މިންހާ ނަސީމް، ބަނަފްސާގެ/ ފެހެންދޫ- ދިހަވަނަ

ސާޖިދާ އިބްރާހީމް ރަޝީދު، ދިރާސާ/ ކުޑަރިކިލު- ދިހަވަނަ

މި ޖަލްސާގައި ރަންވަނަ ހޯދި ދަރިވަރުންނާއި މުހާތަބްކުރައްވައި ރައީސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ސާނަވީ އިމްތިހާނު ނިންމާ ކުދިންގެ ތެރެއިން، މަތީ ސާނަވީއާ ކުރިމަތިލާ ކުދިންގެ އަދަދު މަދުކަމުންނެވެ. އެގޮތުން ރާއްޖޭގައި ކޮންމެ އަހަރަކު  އެވްރެޖްކޮށް 5600 ދަރިވަރުން ސާނަވީ އިމްތިހާނު ހަދަމުންދާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން، މަތީ ސާނަވީއަށް ވަންނަނީ އެވްރެޖްކޮށް، އަހަރަކު 2040 ކުދިން ކަމަށެވެ. އެއީ ސާނަވީ ހަދާ ކުދިންގެ ގާތްގަނޑަކަށް 35 އިންސައްތައެވެ.

މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top