އަންނަ ޓާމުން ފެށިގެން ފެހެންދޫ ސުކޫލުގައި ކިޔަވައިދޭނީ ސެޓެލައިޓް މެދުވެރިކޮށް: ރައީސް

large_163725553529mQY6.jpg

ޓޮޕް އެޗީވާސް ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

އާބާދީ މަދު ރަށްރަށުގެ ސުކޫލުތަކުގައި ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭ ސިޔާސަތުގެ ދަށުން ބ. ފެހެންދޫ ސުކޫލުގައި ގައި އަންނަ ޓާމުން ފެށިގެން ކިޔަވައިދޭނީ ސެޓްލައިޓް މެދުވެރިކޮށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2019ވަނަ އަހަރު ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހާސިލްކުރުމަށް ރޭ ބޭއްވި ޓޮޕް އެޗީވާސް އެވޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ސުކޫލުގައި ކިޔަވާ އުމުރުގެ ކުދިން މަދުވުމުން، ސުކޫލު ނެތް ތިން ރަށެއްގައި މި އަހަރުގެ ދެވަނަ ޓާމްގައި މި ޕްރޮގްރާމް ފެށޭނެ،” ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ބ. ފެހެންދޫއާއި ވ. ތިނަދޫއާއި އެ އަތޮޅުގެ ރަކީދޫއެވެ. މި ތިން ރަށުގެ ދަރިވަރުން ވެސް މިހާރު ތައުލީމު ހާސިލުކުރަމުން އަންނަނީ ކައިރި ރަށްރަށަށް ދަތުރުކޮށްގެންނެވެ.

ސެޓެލައިޓު މެދުވެރިކޮށް މި ކުދިންނަށް ކިޔަވައިދޭން ފެށުމުން، ދަރިވަރުން ފެރީގައި އެހެން ރަށަކަށް ދިއުމަށް އުފުލާ ބުރަ ފިލައިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ މާލޭގެ ހުރަވީ ސުކޫލުގައި ގާއިމްކޮށްފައި ހުންނަ ސެޓެލައިޓު ހަބުގައި ތިއްބަވާ ޓީޗަރުންނެވެ.

“މިފަދަ މުހިންމު ބަދަލުތައް ތައުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ ގައުމު ތަރައްގީ ކުރާނެ މީހުން ބިނާކުރުން، ގައުމު ތަރައްގީކުރާނެ ގޮތުގެ ވިސްނުން ސިކުނޑީގައި އުފެއްދޭނެފަދަ އިލްމީ އަދި ޖިސްމާނީ ގާބިލްކަން ދަރިންނަށް ހޯދައިދިނުން،” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ކަން ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top