ޖަޕާން އަންހެނުން މުސްކުޅިވިޔަސް ފިޓުކޮށް ތިބެނީ ކީއްވެ ؟

maxresdefault-1.jpg

މުޅި ދުނިޔެއަށް ބެލިޔަސް ޖަޕާން އަންހެނުން ފާހަގަކުރެވެނީ އެންމެ ރީތި ހަށިގަނޑެއްގެ ވެރިންގެ ގޮތުގައެވެ. އުމުރުން 30 އަހަރުގެ ޖަޕާން އަންހެނަކު ފެންނާނީ 18 އަހަރުގެ ޒުވާން ކުއްޖެއްގެ ގޮތުގައެވެ. 40 އަހަރުގެ އަންހެނަކު ހީވާނީ 25 އަހަރުގެ ކުއްޖެއް ހެންނެވެ. މުސްކުޅި އުމުރުގައި ވެސް ފެންނާނީ ދުޅަހެޔޮ ސިއްހަތުގައި ރީތި ހަށިގަނޑަކާއެކު ފިޓް މީހެއްގެ ގޮތުގައެވެ.

މީގެ ސިއްރަކީ ކޮބާ ހެއްޔެވެ؟ ޖަވާބަކީ އެކަން ގުޅިފައިވަނީ އެމީހުންގެ ދިރިއުޅުމުގެ އާދަތަކާ ކެއިން ބުއިން ގެންގުޅާ ގޮތާއެވެ.

އެމީހުން ގެންގުޅެނީ ނިއުޓްރިޝަނުން މުއްސަނދި، ބެލެންސް ޑައެޓެކެވެ.

ޖަޕަނީޒުންނޭ ބުނީމާ ގިނަ މީހުން ހީކުރަނީ އެއީ ކޮންމެ ދުވަހަކު ސުޝީ ކައިގެން އުޅޭ ބައެއކަމަށެވެ.  އެކަމަކު އެއީ ހަގީގަތެއްނޫނެވެ. ސުޝީއަކީ އެމީހުންގެ ސަގާފީ މަގުބޫލު ކެއުމެއް ކަމަށްވިޔަސް އެމީހުން ގެ ކެއުން ހުންނަނީ މާއެހެން ކަހަލަ ގޮތަކަށެވެ. އެމީހުންގެ ހަށިގަނޑުގެ ރީތިކަމާ ބަލިތަކުން ސަލާމަތްވެ ދުޅަހެޔޮކަމާއެކު ތިބެނީ ކެއުމުގައި ބޭނުން ކުރާ ކާނާއާއި ދިރިއުޅުމުގައި ގެންގުޅޭ ރިވެތި އާދަތަކާއެވެ.  އެހެން ގައުމުތަކުގެ މީހުންގެ ކެއުން ހުންނަ ގޮތާ ހިލާފަށް ކަނޑުމަސް ،ތަރުކާރީ، ސޯޔާ ބީން، ބަތް އަދި ގްރީން ޓީ އަކީ އެމީހުންގެ ކެއުމުގައި އާއްމު ކޮށް ބޭނުން ކުރާ ބާވަތްތަކެވެ. ހަމައެއާއެކު ފާސްޓް ފުޑް ނުވަތަ ދަޅުގައި ބަންދު ކޮށްފައި ހުންނަ ކާތަކެއްޗާ ތައްޔާރީ ކާނާ ބޭނުން ކުރުން ވަރަށް މަދުވާނެއެވެ. ނުވަތަ ނުކައެވެ.

ޖަޕާން އަންހެނުން ، އެކި މޫސުމަށް ކައިއުޅޭ ކާނާވެސް ތަފާތެވެ. މިސާލަކަށް ފިނި މޫސުމުގައި ކައިއުޅޭނީ އެއްގަމު މަސް، ކަނޑުމަސް ސޫޕް އަދި ހޫނު ބުއިން ތަކެވެ. ހޫނު މޫސުމުގައިނަމަ ލެންޓިލް ސޫޕް، ސީފުޑް، ސެލެޑް، އަދި ނޫޑްލްސް އެވެ.

އެމީހުންގެ ފާހަގަ ކުރެވޭ ރަނގަޅު އެއް އާދައަކީ ކާތަކެތި ތެލުލައިގެން ކެއުމުގެ ބަދަލުގައި އެމީހުން އެންމެ އިހުއްސުރެވެސް، ކާތަކެތި ރޯފިލުވަނީ ފެނުކައްކައިގެން ނުވަތަ ފިހެގެން އެހެންނޫނީ ސްޓީމްކޮށްގެންނެވެ. މަދު ފަހަރެއްގައި ކާއެއްޗެއް ފްރައި ކޮށްލިޔަސް ބޭނުން ކުރާނީ ކުޑަ ބަޓަރު ކޮޅެކެވެ. ކުދިކޮށް ކޮށައިގެން ވަރަށް ގިނައިން ތަރުކާރީ ބޭނުން ކުރެއެވެ. ތަރުކާރީ އާއި ސޫޕަކީ ކޮންމެ ކެއުމެއްގެވެސް ހުންނަން ޖެހޭ ދެ ބާވަތެވެ. ހަވާދު ބޭނުން ކޮށްގެން ޑިޝް އެއް ތައްޔާރު ކުރިޔަސް އެކަމަށް ބޭނުންކުރާ ހަވާދުގެ ސަބަބުން ބަނޑުގެ ނުވަތަ ކިޑްނީ ނުވަތަ ލިވަރއަށް މައްސަލައެއް ދިމާވެދާނެ ކަމަށް ފަރުވާތެރިވެއެވެ.

ކެއުމުގައި ރީތި އާދަތަކެއްވެސް ގެންގުޅެއެވެ. އެންމެ ރީތި ދެ އާދައަކީ އަވަސް އަރުވާލައިގެން ކެއުމުގެ ބަދަލުގައި ލަސް ލަހުން ހަފައިގެން ކެއުމާއި މަދުން ކެއުމެވެ.

ޕާނުގެ ބަދަލުގައި އެމީހުން ބޭނުން ކުރަނީ ލޮނާއި ތެޔޮ ނާޅާ ކައްކާފައި ހުންނަ ފެން ބަތެވެ. ބަތަކީ ކޮންމެ އިރުކޮއްތެއްގައިވެސް ބޭނުން ކުރާ މައިގަނޑު ބާވަތެވެ.

ހެނދުނުގެ ނާސްތާއަކީ އެމީހުންގެ ދުވަސް ފެށުމުގެ ގޮތުން ބޭނުން ކުރާ އެންމެ މުހިއްމު ކެއުމެވެ. ވަރަށް ރަނގަޅަށް ހެދުނުގެ ނާސްތާ ކުރާނެއެވެ. އެގޮތަށް ދަރިންވެސް ހާނުވައެވެ. އާއްމު ގޮތުގައިބޭނުން ކުރާނީ ކަނޑުމަސް، ބަތް، ބިސްގަނޑު، ސޯޔާ ބީން، ތަރުކާރީ އާއެކު ސައެވެ. ވަރަށް މަދު ހާލަތެއްގައި ނޫނީ ޑެޒާޓެއް ބޭނުމެއް ނުކުރެއެވެ.

ޖަޕާން މީހުންނަކީ ކޭކާއި ޕޭސްޓްރީ ފަދަ ފޮނި ކާތަކެއްޗާ އެހާ ދޯޅު ބައެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުން ކުރާނީ ރައިސް އައިސްކްރީމެވެ. އެކަމަކު މީގައިވެސް ހަކުރު ބޭނުން ކޮށްފައި ހުންނާނީ ވަރަށް މަދުންނެވެ.(މައުލޫމާތު :މެޑިސިން ކޯނަރ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top