ކޮވިޑް-19: ހޮސްޕިޓަލުގައި އެޑްމިޓްކުރި ދެމީހަކު ރަނގަޅުވެގެން ދޫކޮށްލައިފި.

big_aCEfa6ERtJ6yyqQG9FyLleAnB.jpg

މަބްރޫކް އަޒީޒު

ރާއްޖޭގައި ކޮވިޑް- 19 އަށް ޕޮޒިޓިވްވެ، ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާ ދެމީހަކު މިއަދު ދޫކޮށްލާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް- 19 ގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އެދެމީހުންނަކީ ދަރުމަންތަ ހޮސްޕިޓަލްގައި އައިސޮލޭޝަންގައި ތިބި ދެ މީހުން ކަމަށާ ްެދެމިހުން ބަލިން މުޅިން ރަނގަޅުވެފައިވާ ކަމުގައެވެ.
މަބުރޫކް ވިދާޅުވިގިތގައި މިދެމީހުންނަކީ އއ. ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދިން މީހުންނެވެ.

އެ ދެ މީހުން މިއަދު ދޫކޮށްލީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހުން ދޫކޮށްލީ މިއަދު ފުރައިގެންދާ ގޮތަށް ކަމަށާއި ެގޮތުން އެމީހުން މިހާރު ރާއްޖެއިން ފުރާފައިވާ ކަމަށެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގައި މުއްދަތު ހަމަވެފައި. ތިބި ބައެއް މީހުންގެ ޓެސްޓްތައް ހެދުމަށް ސާމްޕަލް ނަގާފައި ވާތީ، އެ މީހުން ތެރެއިން ނެގެޓިވްވާ މީހުންވެސް މާދަމާ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

މިހާތަނަށް މުޅި ދުނިޔެ އިން މިލިއަނަކަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ އެ ވައިރަސްގެ ސަބަބުން ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top